ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖަޕާނަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް މަހްލޫފް އައްޔަން ކުރެއްވުމަށް ހާރިޖީ ކޮމެޓީން ފާސްކޮށްފި

ވެރިކަން ކުރާ ޕީއެންސީއާ ދާދި ފަހުން ގުޅިވަޑައިގެންނެވި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ޖަޕާނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

މަހުލޫފް އެމްޑީޕީން ވަކިވެވަޑައިގެންނެވީ ދާދި ފަހުންނެވެ.

މަހްލޫފް އެމަގާމަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ ބުދަ ދުވަހުއެވެ. މިއަދު ބޭއްވި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މަހުލޫފް ޖަޕާނު ސަފީރު ކަމަށް އައްޔަންކުރަން ފާސްކުރީ ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

މަހްލޫފް ޕީއެންސީއާ ގުޅިވަޑައިގަތީ މި މަހުގެ 14 ވަނަ ދުވަހު އެ ޕާޓީން ބޭއްވި ބޮޑު ޖަލްސާގައެވެ.

މަހްލޫފު ސިޔާސީ ދާއިރާ އަށް ނުކުންނެވީ ކުރީގެ ޑީއާރްޕީންނެވެ. އެ ދުވަސްވަރު އޭނާ ކުރީގެ ގާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ. އޭގެ ފަހުން އާ ގާނޫނުއަސާސީގެ ދަށުން އެކުލަވައިލި ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު ކަމަށް މަހްލޫފް އިންތިހާބުވެވަޑައިގަތެވެ. މަހްލޫފަކީ ކުރީގެ ޕީޕީއެމްގައި ވެސް އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި