ކުއްލި ޚަބަރު

މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ނިންމައިފި

ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ފައިސާ ހޯދަން މެސެޖުކުރާތީ ސަމާލުވާން އެދިއްޖެ

އޮޕަރޭޝަން އަލިމަގު: އައްޑޫން މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

އެލިއާއިން ލަންކާއަށް 20،000 ޑޮލަރު ހަދިޔާކޮށްފި

Alia srilanka

ތޫފާން ދީތުވާގެ ސަބަބުން ސްރީ ލަންކާއަށް ކުރިމަތިވި ގެއްލުންތަކުން އަރައިގަތުމަށް އެހީވުމުގެ ގޮތުން އެލިއާ ކުންފުނިން އެ ގައުމަށް 20،000 ޑޮލަރު ހަދިޔާކޮށްފިއެވެ.
މި އެހީ ސްރީ ލަންކާގެ ހައިކޮމިޝަނާ ހަވާލުކޮށްދެއްވީ އެލިއާގެ ސީއެފްއޯ ސަމަން ޕުޝްޕަކުމާރާ އެވެ. ސްރީ ލަންކާގެ ހައި ކޮމިޝަންގެ ފަރާތުން އެ އެހީއާ ހަވާލުވެ ވަޑައިގަތީ އެ ގައުމުގެ ހައި ކޮމިޝަނަރު މުހަންމަދު ރިޒްވީ ހަސަން އެވެ.

އެލިއާ އިން މި އެހީ ދިނުމަށް ނިންމީ، ގިނަ އަދަދެއްގެ ލަންކާ ރައްޔިތުން ރާއްޖޭގައި ދިރިއުޅެމުން އަދި މަސައްކަތް ކުރަމުން އަންނައިރު، އެއީ ދިވެހި މުޖުތަމައަށް މުހިންމު އެކިއެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭ ބައެއް ކަމަށްވާތީ އެ ގައުމަށް އެހީއަށް ބޭނުންވެފައިވާ ދަނޑިވަޅުގައި އެހީ ފޯރުކޮށްދިނުމަކީ މުހިންމުކަމެއް ކަމަށް ދެކޭތީއެވެ.

ތޫފާން ދީތުވާގެ ސަބަބުން ލަންކާއަށް ކުރި ގަދަ ވިއްސާރައިގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 330 އަށް ވުރެ އިތުރުވެފައިވާ އިރު، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

މީގެ އިތުރުން، ތޫފާނުގައި ލަންކާއަށް ވެފައިވާ ގެއްލުމުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ޕީއެސްއެމްއިން އިސްނަގައިގެން ބޭއްވި ހާއްސަ ޓެލެތޯނެއްގައި ވަނީ 11 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެއްކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގައި މަރުވި މީހުންގެ ޢަދަދު 69އަކަށް

ރަނިލް ވިކްރަމަސިންހަ ހަތަރު ދުވަހަށް ބަންދުކުރަން ކޯޓުން މުއްދަތު ޖަހައިފި

ސްރީ ލަންކާގެ ކުރީގެ ރައީސް ވިކްރަމަސިންހަ ހައްޔަރުކޮށްފި

Original 1753704256263

ރާއްޖޭގެ ދަތުރަށްފަހު ކޯޓަށް ހާޒިރުވުމުން ކަފާލާތުގެ ދަށުން ނަމާލް ދޫކޮށްލައިފި

TTH_advertisement