ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ސްރީލަންކާގެ ރައްޔިތުންނަށް ދެ ލައްކަ ޑޮލަރުގެ އެހީއެއް ދިނުމަށް ސަން ސިޔާމް ނިންމަވައިފި

Mm

އަވައްޓެރި ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު ދެ ލައްކަ ޑޮލަރުގެ އެހީއެއް އެ ގައުމަށް ހަދިޔާކުރަން ނިންމައިފިއެވެ.

ސްރީލަންކާ ސަފީރު މުޙައްމަދު ރިޒްވީ ހަސަންއާ މިއަދު ބައްދަލު ކުރައްވައި އެހީގެ ރަމްޒީ ޗެކް، ސިޔާމް ވަނީ މިއަދު ހަވާލުކޮށްދެއްވާފައެވެ.

ސިޔާމް މިއަދު ވަނީ އެ ދެ ލައްކަ ޑޮލަރުގެ ތެރެއިން 75،000 ޑޮލަރު ހަވާލުކުރައްވާފަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ބާކީ ހުރި ފައިސާ ހަވާލުކުރައްވާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ.

އެއަށްފަހު ދެ ބޭފުޅުން ވެސް ވަނީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމާއި، ދެ ގައުމުގެ ހަރުދަނާ އެކުވެރިކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅުދައްކަވައިފައެވެ.

ސިޔާމް ވިދާޅުވީ، ސްރީލަންކާގެ ރައްޔިތުންގެ ފަރާތުން ދިވެހީންނަށް ވަރަށް ގިނަ ފަސޭހަތައް ލިބެމުން އަންނަކަމަށެވެ. އެގޮތުން ޓީޗަރުންނަށް ބެލިކަމުގައިވީ ނަމަވެސް ނުވަތަ އިގްތިޞާދީ މަސައްކަތްތަކަށް ބެލި ނަމަވެސް ލަންކާ ރައްޔިތުންގެ އެހީތެރިކަން ދިވެހީންނަށް ލިބޭކަން ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ދިމާވި ކޮންމެ ކާރިސާއެއް ނުވަތަ ހާދިސާއެއްގައި އެންމެ އަވަހަށް އެހީވެދިން އެއް ގައުމަކީ ލަންކާ ކަމަށް ސިޔާމް ފާހަގަކުރެއްވިއެވެ.

“އަޅުގަނޑުމެންނަށް ވެސް މުސްތަގުބަލުގައި ސަލާމަތްކަން ލިބޭނީ މިފަދަ ކާރިސާތައް ދިމާވެގެން އުޅޭ ބޭފުޅުންގެ އަތުގައި ހިފައިގެން،” ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ މާދަމާއިން ފެށިގެން، ސަން ސިޔާމް ގްރޫޕުގެ ދަށުން ހިންގާ ކުންފުނިތަކާއި ރިސޯޓުތަކުގައި ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންޑްރެއިޒްކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

މީގެ އިތުރުން ސިޔާމް ވަނީ ލަންކާގެ ރައީސް އަނުރާ ކުމާރަ ޑިސަނަޔަކައަށް، މި ދަތި ހާލަތާ ގުޅުވައި، ހިތްވަރު ދެއްވައި، އެކުގައި ތިބިކަން ޔަގީންކޮށްދެއްވުމަށް ޚާއްސަ ސިޓީފުޅެއް ވެސް ރައްދުކުރައްވައިފައެވެ.

މި ބައްދަލު ކުރެއްވުމުގައި ލަންކާ ސަފީރު ރިޒްވީ ވަނީ ސަން ސިޔާމް ކުންފުނީގެ ފަރާތުން ވެދެއްވި އެހީތެރިކަން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށާއި، އަގުވަޒަން ކުރައްވާކަމަށް ވިދާޅުވެފައެވެ.

“މިއީ ކުޑަ ކަމެއް ނޫން، އަޅުގަނޑުމެންނަށް ދިވެހީން އެހީވެ ދިނުމަކީ ކުޑަ ކަމެއް ނޫން،” ސަފީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކަސްޓަމްސްގެ މުވައްޒަފުންގެ ފަރާތުން ލަންކާއަށް 135،700 ރުފިޔާ ހަދިޔާކޮށްފި

ލަންކާގައި އުޅޭ ދިވެހިން އަސާސީ ސާމާނު ހަދިޔާކޮށްފި

ރާއްޖެއިން ހަދިޔާކުރި 25،000 މަސްދަޅު ކޭސް ލަންކާއާ ރަސްމީކޮށް ޙަވާލުކޮށްފި

ދިވެހިންގެ އެހީތެރިކަމަށް ލަންކާގެ ރައީސް ޝުކުރު އަދާކުރައްވައިފި

TTH_advertisement