ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލް އިން ސްރީލަންކާއަށް 25،000 ޑޮލަރުގެ ދީލަތި އެހީއެއް

22

ތޫފާން ‘ދިތުވާ’ގެ ސަބަބުން ސްރީ ލަންކާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދިވެހި މީޑިއާތަކުން ގުޅިގެން ބާއްވާ ޚާއްސަ ޓެެލެތޯނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން 25،000 ޑޮލަރު ހަދިޔާކޮށްފިއެވެ.

ބީއެމްއެލްގެ ފަރާތުން ފައިސާގެ ޗެކު ޕީއެސްއެމްއާ ހަވާލުކޮށްދެއްވީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފެވެ.

ޗެކް ހަވާލުކޮށްދެއްވުމަށްފަހު ޝަރީފް ވިދާޅުވީ ސްރީލަންކާގައި ބީއެމްއެލްގެ އެތައް ކަސްޓަމަރުންނާއި ޕާޓްނަރުން ދިރިއުޅުއްވާ ކަމަށެވެ. އަދި އެ ގައުމަކީ ބީއެމްއެލްއާ އެކު ގާތް ވިޔަފާރީގެ ގުޅުން ބާއްވާ ގައުމެއްކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، ބީއެމްއެލްއިން ލަންކާއަށް ކުރިމަތިވި ހިތާމައިގައި ބައިވެރިވާ ކަމަށެވެ.

މިހާތަނަށް މި ޓެެލެތޯނަށް ވަނީ ޖުމްލަ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއެކު ސަރުކާރުން ވަނީ ސްރީލަންކާއަށް އެހީގެގޮތުގައި 50،000 ޑޮލަރާއި 25،000 މަސް ދަޅު ހަދިޔާކުރަން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 އަށް ތާވަލުކޮށްފި

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

Shareef mbl

ބީއެމްއެލްގެ ނަތީޖާ ދޭހަވަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުކަން: ޝަރީފް

B 202510291210131761721813.7746

ބީއެމްއެލްގެ ސުވައިޕް އައްޑޫއަށް ތައާރަފުކޮށްފި