ހުޅުމާލެ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އެކިވަރުގެ އަނިޔާތަކެއް ލިބި ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ ހައިވޭ އިން ހުޅުމާލެއަށްދާ ލޭންގެ ހަތަރު ލޭން ހިމެނޭ ހިސާބުގައި ސައިކަލަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމުގެ މައުލޫމާތު މިއަދު 9:00ހާއިރު ލިބިފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ސައިކަލް ދުއްވަން އިން 28 އަހަރުގެ ދިވެހި ފިރިހެނަކަށާއި ސައިކަލްގެ ފަހަތުގައި އިން އިންޑިއާގެ އަންހެނަކަށެވެ.
ފުލުހުން ބުނީ އެ ދެ މީހުންނަށް ވެސް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށެވެ.
އެ އެކްސިޑެންޓްގައި 28 އަހަރުގެ މީހާގެ ކަނާތު ކޮނޑުހުޅު ނެއްޓި އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި 22 އަހަރުގެ އަންހެން މީހާގެ ގައިގެ އެކި ތަންތަން މަށައިގެން ގޮސް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު