ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް ބުރާސްފަތި ދުވަހުގެ ރޭ ބައްދަލު ކުރައްވާނީ މާފަންނު ރައްޔިތުންނާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ސިލްސިލާ ބައްދަލުވުންތައް ފަށްޓަވައިފިއެވެ. މި ބައްދަލުވުންތައް ފެށީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވިލިމާލެއިންނެވެ. އެއަށްފަހު އަންގާރަ ދުވަހުގެ ރޭ މައްޗަންގޮޅީގެ ރައްޔިތުންނާ ވެސް ރައީސް ބައްދަލުކުރެއްވިއެވެ.

ދެން އެންމެ އަވަހަށް ބައްދަލުވުމެއް ބާއްވާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ތާޖުއްދީން ސްކޫލުގައި މާފަންނު ރައްޔިތުންނާ އެކުގައެވެ. މި ބައްދަލުވުންތަކުގައި ރައްޔިތުން އެކި މައްސަލަތައް ފާހަގަކޮށް ހައްލު ހޯދައިދެއްވުމަށް އެދިފައިވާއިރު، ބައެއް ކަންކަން ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް މުއިއްޒު މީގެ ކުރިން މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު ވެސް މިފަދަ ބައްދަލުވުންތައް ބާއްވަވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް