ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހިން މިތިބީ ލަންކާ ރައްޔިތުންނާއެކު: ރައީސް

ލަންކާއަށް ކުރިމަތިވި މޫސުމީ ކާރިސާގައި އެ ގައުމަށް ލިބުނު ގެއްލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފޮނުއްވި މެސެޖެއްގައި ދިވެހިން ތިބީ ލަންކާ ރައްޔިތުންނާއެކު ކަމަށް ވިދާޅުވެއްޖެއެވެ.

އެކްސްގަައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ލަންކާއަށް ކުރިމަތިވި މޫސުމީ ކަންކަމުގެ ސަބަބުން ލިބުނު ގެއްލުމާއި، ހަލާކާއި ފުރާނަތައް ގެއްލުމަކީ ފުން ހިތާމައެއް ލިބިވަޑައިގަތް ކަމަށެވެ.

އަދި ރައީސް ވިދާޅުވީ ދިވެހި ރައްޔިތުން މިތިބީ ލަންކާ ރައްޔިތުންނަށް ކުރިމަތިވި މި ހިތާމައިގެ ދަނޑިވަޅުގައި ދިވެހިން މިތިބީ ލަންކާ ރައްޔިތުންނާއެކު ކަމަށެވެ. އަދި މި ކާރިސާގެ ނޭދެވޭ އަސަރުކުރި ހުރިހަ ފަރާތްތަކަށް ދިވެހިންގެ ފަރާތުން އެމަނިކުފާނު ތައުޒިޔާ ވިދާޅުވިއެވެ.

މިހާތަނަށް ބަައިނަލްއަގުވާމީ މީޑިޔާއިން ރިޕޯޓުކޮށްފައިވާ ތަފުސީލުތަކަށް ބަލާއިރު ލަންކާއަށް ކުރި ވިއްސާރައިގެ ސަބަބުން ބިންގަނޑު ކަނޑައިގެންދިއުމާއި، ފެން ބޮޑުވުމުގެ ސަބަބުން 56 މީހަކު މަރުވިއެވެ. އަދި 600 އަށްވުރެ ގިނަ ގެދޮރަށް ގެއްލުންވެފައިވެއެވެ.

ގަދަ ވިއްސާރައިގެ ސަބަބުން ކޯރުތައް ބަންޑުންވެސް މަގުތައް ބަންދުކުރަންޖެހިފައިވެއެވެ. ފަސިންޖަރުންނާއެކު ދަތުރުކުރާ ރޭލުތަކުގެ ދަތުރުތައް ހުއްޓާލައި، އެ ގައުމުގެ ބޮޑު ބައެއްގައި މަގުތައް ބަންދުކުރަންވަނީ ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް