ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލް ކުރުމުގެ 10 ފުރުސަތު ހުޅުވާލައިފި

990

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޑިޕްލޮމާ އިން އެގްރިކަލްޗަރަލް ސައިންސް ކޯހުގެ 10 ފުރުސަތު، ހުޅުވާލައިފިއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ބުނީ މިއީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކް ގުޅިގެން ހިންގާ، ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ސްޕޮންސަރ ކުރުމަށް ހަމަޖެހިފައިވާ ސްކޮލާޝިޕެއް ކަމަށެވެ. މި ސްކޮލަރޝިޕް ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު މިވަނީ ހުޅުވާލާފައެވެ.

ސްކޮލަރޝިޕްގެ ޝަރުތު:

ޖީ.ސީ.އީ އޯލެވެލްގެ 03 މާއްދާއިން (ބަޔޮލޮޖީ އާއެކު) ‘ސީ’ އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން އަދި ޖީ.ސީ.އީ އޭލެވެލްގެ 02 މާއްދާއިން ‘ސީ’ އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން ނުވަތަ ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ޙާސިލުކޮށްފައިވުން ނުވަތަ ލެވެލް 4 ގެ ސަނަދެއް ފުރިހަމަކުރުން (ދާއިރާއިން ގުޅުން ނެތް)، އަދި އެމް.ކިޔު.އޭ އިން ފާސްކޮށްފައިވާ ޔުނިވަރސިޓީ ޕްރިޕްރޭޓަރީ ޕްރޮގްރާމެއް ފުރިހަމަކުރުން ނުވަތަ އުމުރުން 20 އަހަރު ފުރިހަމަވެ ޖީ.ސީ.އީ އޯލެވެލް ފުރިހަމަކޮށްފައިވުމާއި، މަސައްކަތުގެ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، އަދި އެމް.ކިޔު.އޭ އިން ފާސްކޮށްފައިވާ ޔުނިވަރސިޓީ ޕްރިޕްރޭޓަރީ ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން.

  • ސެޓިފައިޑް ޕްރޮފިޝިއެންސީ އިން އިންގްލިޝް (ޖީސީއީ އޯ ލެވެލް/އައިޖީސީއެސްއީ އިނގިރޭސި/އެމްއެންޔޫ އިނގިރޭސި ބަހުގެ ކޮމްޕެޓެންސީ ޓެސްޓް ނުވަތަ އެއާ އެއްވަރުގެ ޓެސްޓް) އެއް ފުރިހަމަކޮށްފައިވުން.
  • އެޕްލިކޭޝަން ފޯމާ އެކު ހުށަހަޅަންޖެހޭ ތަކެތި: ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (އެޓެސްޓް ކުރަންޖެހޭ ލިޔުމެއް ނަމަ އެޓެސްޓް ކުރެވިފައިވާ ކޮޕީ)
  • ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ސްކޮލަރޝިޕުން ކުރެވޭނެ ހަރަދުތައް:

  • ކޯސް ފީމަންތުލީ އެލަވަންސް (ސްކޮލަރޝިޕްގައި ކިޔަވަމުންދާ މުއްދަތަށް މަހަކު އެއްފަހަރު)
  • ބްލެންޑަޑް މޯޑުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އަތޮޅުތަކުން ބައިވެރިވާ ދަރިވަރުން ކުޅުދުއްފުށި ނުވަތަ މާލެ ކެމްޕަސްއަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓާއި އިތުރު އެލަވަންސް އެއް

މި ކޯހަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން 26 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Image 20

ބެޗެލާ އޮފް ސްޓެޓިސްޓިކްސް ކިޔެވުމުގެ ފުރުސަތު ގައުމީ ޔުނިވާސިޓީން ހުޅުވާލައިފި

990

ކަނޑުތަކާއި ތިމާވެށި އަދި މޫސުމީ ބަދަލުތަކާ ގުޅޭ ދިރާސާތައް ކުރިއެރުވުމަށް އެއްބަސްވުމެއް

ކަނޑުތަކާއި މޫސުމީ ދިރާސާތައް ކުރިއެރުވުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

Ii

ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހްކޮށްފި

TTH_advertisement