ގައުމުގެ ތަރައްޤީއަށް ބޭނުންވާ ފަންނީ ތަޖުރިބާކާރުން ބިނާކުރުމަށް ފެންވަރު ރަނގަޅު ތައުލީމަކީ ކޮންމެހެންވެސް ލާޒިމް ކަމެއް ކަމުގައި އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ހޮޓެލް ޖެންގައި ރޭ ބޭއްވި އޮސްޓްރޭލިއާ އެވޯޑްސް ފެއާވެލް އިވެންޓު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ވަޒީރު ޢާއިޝަތު ޝިހާމް ވިދާޅުވީ ހުނަރުވެރި ލީޑަރުން ބިނާކުރުމަށް ބޭނުންވާ ހުނަރާއި ޤާބިލިއްޔަތުކަން އިތުރުކުރުމުގެ މުހިންމުކަމަށެވެ. އަދި އިޖުތިމާޢީ ޚިދުމަތްތަކާ، ކުޑަކުދިން ރައްކާތެރިކުރުމާ، މިންތީގެ ހަމަހަމަކަމާ، ސިޔާސަތު ކަނޑައެޅުމާއި މުޖުތަމަޢު ބާރުވެރިކުރުމުގައި ދަރިވަރުންގެ ބައިވެރިވުން އިތުރުވަމުން އަންނަކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެންމެން ޝާމިލުވާ، އިންސާފުވެރި މުޖުތަމަޢެއް ބިނާކުރުމާއި ހަރުދަނާ ކުރުމުގައި މުއައްސަސާތަކުގެ ދައުރު މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު