ކުއްލި ޚަބަރު

މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ރައީސް ނިންމަވައިފި

ހަފްތާ ބަންދުވެސް މޫސުން ގޯސް: މެޓް

ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކުރަން ރައީސް އަންގަވައިފި

އިންޖީނުގޭ އަލިފާނުގެ ޙާދިސާގެ ތަހުޤީޤް ފުލުހުން ފަށައިފި

stelco

ހުޅުމާލޭ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން، މިނިވަން ތަޙުޤީޤެއް ފަށާފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ބައު އިންޖީނުގޭގެ ސްވީޗަކަށް ދިމާވި މައްސަލައެއް ހައްލުކުރުމުގެ ތެރޭގައި ހިނގި އަލިފާނުގެ ހާދިސާގައި ސްޓެލްކޯގެ މުވައްޒަފަކު ފިހި އެކިވަރުގެ އަނިޔާތަށްވަނީ ލިބިފައެވެ. އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރުފަރުވާއަށް މިހާރުވަނީ އޭޑީކޭ ހޮސްޕިޓަލަށް ފޮނުވާފައިކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިހާދިސާގައި އަނިޔާވި މުވައްޒަފުގެ ފަރުވާއާއި ގުޅޭ ހުރިހާކަމެއް ޢާއިލާއާއި ގުޅިގެން އެކުންފުނިން ބަލަމުންދާކަމަށެވެ. މިކަމުގައި ޢާއިލާއަށް އިތުރު ތަކުލީފުތަކެއް ލިބިދާނެ ފަދަ މޭރުމަކުން ޚަބަރުތައް ނުފެތުރުމަށް އެކުންފުނިންވަނީ އިލްތިމާސްކުރައްވާފައެވެ.

މި ޙާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ އިތުރަށް އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށް ސްޓެލްކޯއިން ފާހަގަކުރައްވައެވެ. އަދި މިޙާދިސާގެ މިނިވަން ތަޙުޤީޤެއް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށާފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި އެކަމުގައި ފުލުހުންނަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭގައި ހުންނަ ބައު އިންޖީނުގޭގެ ސްވީޗް ގިއަރއަކަށް ދިމާވި މައްސަލައެއް ހައްލުކުރަނިކޮށް ހިނގި އަލިފާނުގެ ޙާދިސާގައި 43 އަހަރުގެ ފިރިހެނެއް ވަނީ ފިހިފައެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަން ފިހި ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ii

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕް ސާމާނުތައް ނައްތާލައިފި

55

މަރުވި ސްޓެލްކޯގެ މުވައްޒަފުގެ ހަށިގަނޑު މާލެ ގެނެސްފި، ޖަނާޒާ އޮތީ އިޝާނަމާދަށްފަހު

ފުލުހުންގެ އަސާސީ ތަމްރީނު ކޯހުން 185 އޮފިސަރުން ދަސްވެނިވެއްޖެ

55

މަރުވި ސްޓެލްކޯގެ މުވައްޒަފުގެ ހަށިގަނޑު ރާއްޖެ ގެންނަނީ

TTH_advertisement