ކުއްލި ޚަބަރު

މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ރައީސް ނިންމަވައިފި

ހަފްތާ ބަންދުވެސް މޫސުން ގޯސް: މެޓް

ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކުރަން ރައީސް އަންގަވައިފި

އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުއައްޒަފު އިތުރުފަރުވާއަށް އޭޑީކޭއަށް

stelco

ކަރަންޓްގައި ޖެހިގެން މިއަދު ފިހުނު ސްޓެލްކޯގެ މުއައްޒަފު އިތުރު ފަރުވާދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

ހުޅުމާލޭގެ ބައު އިންޖީނުގޭގެ ސްވިޗް ގިއަރ އަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގައި މިއަދު ސްޓެލްކޯގެ މުއައްޒަފަކު ވަނީ ވަރަށްބޮޑަށް ފިހިފައެވެ. މި ހާދިސާގައި ފިހިފައިވަނީ ސްޓެލްކޯގެ 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ހާދިސާގައި ފިހުނު މުއައްޒަފަށް އެންމެ ފުރަތަމަ ފަރުވާދީފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުންނެވެ.

މިކަމާ ގުޅިގެން ސްޓެލްކޯއިން ނެރުނު ބަޔާނުގައި ބުނީ ސްވިޗްގިއަރއަކަށް ދިމާވި މައްސަލައެއް ޙައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގައިދިޔަ ހާދިސާއެއްގައި އަނިޔާވި މުއައްޒަފުގެ ހަށިގަނޑުގެ އެކި ތަންތަން ފިހި، ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށެވެ. މިހާދިސާ ހިނގުމާއެކު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު އެމުވައްޒަފަށް ވަގުތުން ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖައްސައި، އެހީތެރިކަން ވަނީ ފޯރުކޮށްދީފައިވާކަަމަށް ސްޓެލްކޯއިން ބުންޏެވެ. މި ހާދިސާއާއި ގުޅިގެން އަނިޔާވި މުވައްޒަފުގެ ފަރުވާއާއި ގުޅޭ އެންމެހާ ކަންކަން ވަރަށް ގާތުން ބަލައި، ކުންފުނީގެ ފަރާތުން ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މުވައްޒަފުގެ ޢާއިލާއާއި ގުޅިގެނ މަސައްކަތް ކުރަމުންދާކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

55

މަރުވި ސްޓެލްކޯގެ މުވައްޒަފުގެ ހަށިގަނޑު މާލެ ގެނެސްފި، ޖަނާޒާ އޮތީ އިޝާނަމާދަށްފަހު

55

މަރުވި ސްޓެލްކޯގެ މުވައްޒަފުގެ ހަށިގަނޑު ރާއްޖެ ގެންނަނީ

Whatsapp image 2025 12 11 at 12.51.53

ނުކުޅެދުންތެރިކަން ހުރި 30 މީހަކަށް ސްޓެލްކޯއިން ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދީފި

stelco

ކަރަންޓްގައި ޖެހިގެން ފިހުނު ސްޓެލްކޯގެ މުވައްޒަފު ނިޔާވެއްޖެ

TTH_advertisement