ރާއްޖެއިން ޖަޕާނަށް ކަނޑައަޅާ ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ހަމަޖައްސަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެކަމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީ އިއްވާފައެވެ.
މަހުލޫފްގެ ނަން ދިރާސާކުރަން މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. ކޮމިޓީން ރުހުން ދިނުމުން، ތަޅުމުން އަދި ރުހުން ދޭން ޖެހޭނެއެވެ.
ޕީއެންސީއަށް މަހުލޫފް ސޮއިކުރެއްވީ މި މަހު 14 ވަނަ ދުވަހު އެ ޕާޓީން ބޭއްވި ބޮޑު ޖަލްސާގައެވެ.
އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ހިޔާލު