ކުއްލި ޚަބަރު

މާފަރު އެއާޕޯޓްގެ އޭޕްރަންއަށް އިތުރުކުރި ސަރަހައްދު ހުޅުވައިފި

ގުރައިދޫ ކައިރިން ކިނބުލެއް ހިފައިފި

ކިނޮޅަހުގައި އެންމެ ފަހުގެ ސޯލާގެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ މަސައްކަތްތެރީންގެ ހައްގުތައް ކަށަވަރުކުރުމާ ގުޅޭގޮތުން އދ.އާ އެކު މަޝްވަރާކޮށްފި

Ii

ރާއްޖޭގައި ދިރިއުޅެމުން އަންނަ ބަންގްލަދޭޝްގެ މަސައްކަތްތެރީންގެ ހައްގުތައް ކަށަވަރު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން އދ އާއި ރާއްޖޭގައި ހުންނަ ބަންގްލަދޭޝް އެމްބަސީން މަޝްވަރާކޮށްފިއެވެ.

ބަންގްލަދޭޝްގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ހޯމަ ދުވަހު މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ރާއްޖޭގައި ހުންނަ އދ ގެ ރެސިޑެންޓް ކޯޑިނޭޓަރ ހައޯ ޒަންގާއި ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނަރު އެމްޑީ ނަޒްމުލް އިސްލާމާ ދެމެދުގައެވެ.

ބިދޭސީ މަސައްކަތްތެރީންގެ ރައްކާތެރިކަމާއި ހައްގުތައް ކަށަވަރު ކުރުމާއި އަސާސީ ޚިދުމަތްތައް އެ މަސައްކަތްތެރީންނަށް ލިބިދިނުމާއި ޤާނޫނީ އެހީތެރިކަން ލިބިދިނުމާމެދު މަޝްވަރާ ކުރެވުނު ކަމަށާއި އަދި ރާއްޖެއާއި އދ އަދި ބަންގްލަދޭޝް އާ ދެމެދު މިކަންކަމާ ގުޅޭ މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދިއުމަށް އެއްބަސްވެފައިވާކަމަށްވެސް ބަންގްލަދޭޝްގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ރާއްޖޭގައި އެންމެ ގިނަ ބިދޭސީ މަސައްކަތްތެރިންގެ ގޮތުގައި އުޅެނީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. ރާއްޖޭގައި އުޅޭ އެ ގައުމުގެ މަސައްކަތްތެރީންގެ އަދަދު 100،000 އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔަވަން ބޭނުންވާނަމަ މިއޮތީ ރަނުގެ ފުރުސަތެއް!

criminal court

ގަވާއިދާހިލާފަށް ބިދޭސީން ގެނެސް މަނީލޯންޑަރ ކުރި ބަންގްލަދޭޝް މީހަކަށް ތިން އަހަރުގެ ޖަލު ހުކުމް

Sheikh haseena

ހަސީނާގެ ޣައިރު ހާޒިރުގައި ކުރި ތަހުގީގަށްފަހު މެރުމަށް ހުކުމްކުރުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު : އދގެ ތަރުޖަމާނު

Sheikh haseena

ހަސީނާގެ މައްޗަށް މަރުގެ ހުކުމް އިއްވައިފި

TTH_advertisement