ކުއްލި ޚަބަރު

ޕާކިސްތާނު މީހަކު ރާއްޖެ ގެނައި ޑްރަގާ ހަވާލުވި މީހަކު 18 އަހަރަށް ޖަލަށް

130 ޑްރަގް މައްސަލާގައި ހިމެނޭ ޝަހީބަށް އިއްވި ހުކުމް އިސްތިއުނާފުކޮށްފި

ވަގަށް ވޭޕް ވިޔަފާރި ކުރަމުންދިޔަ ފޭސްބުކް ޕޭޖެއް ފުލުހުންގެ ބާރުގެ ދަށަށް, ގިނަ އަދަދެއްގެ ވޭޕް ވެސް އަތުލި

އައްޑޫ ހިތަދޫގައި މާބަނޑު އަންހެނަކު މަރުވި މައްސަލަ ބަލަނީ

Ii

އައްޑޫގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ)އަށް ވިހަން ގޮސް ހުއްޓައި ކުއްލިއަކަށް ހާލު ދެރަވެ، ކުއްލި ސިޒޭރިއަނަކަށް ދިޔަ މާބަނޑު މީހަކު މަރުވި މައްސަލައެއް ބަލަން ފަށައިފިއެވެ.

މި ހާދިސާގައި މިއަދު މަރުވެފައިވަނީ ސ. ހިތަދޫ، ތަމަންނާގެ އުމުރުން 28 އަހަރުގެ އާއިޝަތު ނަޒާހަތު އަހުމަދު ދީދީ އެވެ.

އޭނާ މަރުވީ ވިހަން ދީފައިވާ ތާރީހު ހަަމަވުމުން އެ ސެންޓަރަށް ގޮސް އެޑްމިޓުވެގެން އޮއްވާ، ކުއްލިއަކަށް ހާލު ދެރެވެގެންނެވެ.

ހެލްތު މިނިސްޓްރީން އަންނަނީ މި މައްސަލަ ބަލަމުންނެވެ.

މިކަމާ ގުޅިގެން އައިއެމްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭނާ މަރުވީ އެ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

އެ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ވިހެއުމުގެ ކަންކަން ކުރިއަށް ގެންދިޔަ އެ މާބަނޑު މީހާ ވިހަން ޝެޑިއުލްކޮށްފައިވަނީ މިއަދަށެވެ. ހެނދުނު އެޑްމިޓުކޮށްގެން ފަރުވާދެމުންދިޔަ މާބަނޑު މީހާ މި ހާދިސާ ހިނގުމާ ހަމައަށް ހުރީ ރަނގަޅު ސިއްހަތެއްގައި ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ފަރުވާދެމުންދިޔަ ޑޮކްޓަރުގެ ފަރުވާއާ މެދު ވެސް ހިތްހަމަޖެހި މެޑިކަލް ޓީމާ އެކު މާބަނޑު މީހާ ދިޔައީ ކަންތައްތައް ހިއްސާކޮށް ވާހަކަ ދައްކަމުން

މާބަނޑު މީހާގެ ސިއްހީ ހާލަތު ބަދަލުވެގެންދިޔައީ ހަމަ ކުއްލިއަކަށް މިއަދުގެ ފަތިހު 4:39 ހާއިރު އެވެ. އެއީ މީގެ ކުރިން ބަލިމީހާގެ ފުށުން ފެނިފައި ނެތް ހާލަތެއް ކަމުން ވަގުތުން އެމަޖެންސީގައި ފަރުވާދޭން ފެށި ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

“އެ ވަގުތުން ފެށިގެން އެމަޖެންސީގައި ފަރުވާދޭން ފަށައި އޮޕަރޭޝަން ތިއޭޓަރު ޓީމުގެ ފުރިހަމަ އެހީތެރިކަމާ އެކު ކުއްލި އޮޕަރޭޝަނެއް ވަގުތުން ފެށި ކުޑަ ދަރިފުޅު ރައްކާތެރިކަމާ އެކު ދުނިޔެއަށް ގެނެވުނަސް، ޑޮކްޓަރުންނާއި ނަރުހުންގެ ޓީމުން ވަރުބަލިކަމެއް ނެތި ކުރި މަސައްކަތުން ވެސް ކުއްލި ސިއްހީ ހާލަތާ ގުޅިގެން މައިމީހާގެ ފުރާނަ ސަލާމަތްކުރެވިފައިނުވާތީ ހިތާމަކުރަމެވެ،” އެ ބަޔާނުގައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

addu

ގޫގުލްގެ “ދިވަރު” ޕްރޮޖެކްޓަށް ހިތަދޫން ބިމެއް ހަމަޖައްސައިފި

އައްޑޫ ހިތަދޫގައި މިސްކިތަކަށް ގެއްލުންދިން މައްސަލަ ބަލާ ފިޔަވަޅު އަޅާނެ: ޝަހީމް

ހިތަދޫ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަަސައްކަތް ފަށައިފި

ހިތަދޫގައި ބީއެމްއެލް ކަސްޓަމަރ ސަރވިސް ސެންޓަރު ހުޅުވައިފި

TTH_advertisement