ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މުޅި މަޝްރޫޢުއަށް 10ވަރަކަށް އަހަރު ހޭދަވާނެ: ރިޝްވާން

MPL

މާލެގޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތަކީ އެކި މަރުޙަލާތަކަށް ކުރިއަށްދާ ބޮޑު މަސައްކަތްތަކެއްކަމަށާއި، މުޅި މަޝްރޫޢު ފުރިހަމަވާން 10 ވަރަކަށް އަހަރުގެ މުއްދަތެއް ހޭދަވާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުޙައްމަދު ރިޝްވާން ވިދާޅުވިއެވެ. ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްގެ ހަފްތާ 104 ޕްރޮގްރާމްގައި ވާހަކަދައްވަމުން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ރިޝްވާން ވިދާޅުވީ ކެޕޭސިޓީއަށްވުރެ އިތުރަށް ޚިދުމަތްދޭން ޖެހި، މާލޭގެ ވިޔަފާރި ބަނދަރު ވަރަށް ބޮޑަށް ތޮއްޖެހިފަވާކަމަށެވެ. އެގޮތުން 1500 ކޮންޓެއިނަރަށް ހެދި ބަނދަރުގައި މިހާރު 3000 ކޮންޓެއިނަރު ބަހައްޓާ ޚިދުމަތްދޭކަމަށާއި، ހުޅުމާލޭގައި 2000 ކޮންޓެއިނަރުގެ ޖާގައިގެ ކެޕޭސިޓީ ބޭނުންކުރާކަމަށް ރިޝްވާން ވިދާޅުވިއެވެ.

ރިޝްވާން ވިދާޅުވީ ތިލަފުށީގައި 60 ހެކްޓަރުގައި ތަރައްޤީކުރާ ރާއްޖޭގެ މައި ވިޔަފާރި ބަނދަރާއެކު ޖާގައިގެ މައްސަލަ ޙައްލުވާނެކަމަށެވެ. 250 މިލިޔަން ޑޮލަރުގެ މި މަޝްރޫޢު ކުރިއަށްގެންދަނީ އެކި ފިޔަވައްސަށް ބަހާލައިގެންނެވެ.

ރިޝްވާން ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި، ތިލަފުށީގައި ހުސް ކޮންޓެއިނަރު ބެހެއްޓުމަށް ހެދި 60 މީޓަރުގެ ކީވޯލްގެ މަސައްކަތް ނިމި، އެ ޚިދުމަތް ބަދަލުކުރުމަށް ދަތުރުފަތުރާބެހޭ ވުޒާރާއާއި ކަސްޓަމްސްއިން ނަގަންޖެހޭ ހުއްދަތައް ނަގަމުންދާކަމަށެވެ.

ދެން ކުރިއަށްގެންދިއުމަށް ނިންމާފަވާ މަސައްކަތަކީ، މާލޭގެ ވިޔަފާރި ބަނދަރާއި ނޯތު ހާބަރު އަދި ޓީޖެޓީއަށް އޮތް ބާރު ކުޑަކުރުމަށްް ތިލަފުށީގައި ހަދާ “ރިލިފް ޖެޓީ”ގެ މަސައްކަތެވެ. މި މަސައްކަތް ނިންމަން 2 އަހަރުގެ މުއްދަތެއް ހޭދަވާނެކަމަށް ރިޝްވާން ވިދާޅުވިއެވެ.

“ފުރަތަމަ ފިޔަވަހީގައި 100 މީޓަރުގެ މައިނަލް 15ގެ ކީވޯލްއެއް ހެދުމަށް ދިރާސާގެ މަސައްކަތް ވަނީ ނިންމާފައި. 660 ލޯކަލް ކީވޯލް ހެދުމަށް ކުރެހުންތައް ވަނީ ހަދާފަ. ގުދަންތަކާއި ޢުމްރާނީ ތަރައްޤީއާއި ވަސީލަތްތައް އަދި އިންސާނީ ވަސީލަތްތައް ނިމި، މުޅި ފޭސް 1، 2027ގެ ނޮވެމްބަރަށް ނިންމާލެވޭނީ.” މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުހައްމަދު ރިޝްވާން

ރިޝްވާން ވިދާޅުވީ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ ފޭސް 1ގެ ހުރިހާ މަސައްކަތްތަކަށް 60 މިލިޔަނެއްހާ ޑޮލަރު ހޭދަވާނެކަމަށެވެ. އަދި ލޯކަލް ހާބަރ ރިލީފް މަސައްކަތާއެކު 150 މިލިޔަން ޑޮލަރު ހޭދަވާނެކަމަށެވެ.

ރިޝްވާން ވިދާޅުވީ މިއީ ވަރަށް ބޮޑެތި އަދި މުހިންމު ބަދަލުތަކެއްކަމަށާއި، ވިޔަފާރި ބަނދަރު ތިލަފުށްޓަށް މުޅިން ބަދަލުކުރުމުގެ މަރުޙަލާތައް 10ވަރަކަށް އަވަހަށް ދެމިގެންދާނެކަމަށް ބެލެވޭކަމަށެވެ. މިކަމަކީ ޢުމްރާނީ އަދި އިންސާނީ ވަސީލަތްތަކަށް ބޮޑެތި ހޭދަތަކެއް ކުރަންޖެހޭނެ މަސައްކަތެއްކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ މައި ވިޔަފާރި ބަނދަރުގެ ޚިދުމަތަށް 39 އަހަރު ވަނީ ފުރިފައެވެ. ނަމަވެސް ޖާގައިގެ ދަތިކަމުގެ ސަބަބުން، މި ޚިދުމަތް ދިނުމުގައި ދަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަލީ
ތިކަހަލަ މަސައްކަތަކީ އަހަރުތަކެއް ނަގާނެ ކަމެއް، އެކަމަކު ރާއްޖެއަށް ފުރިހަމަ ބަނދަރެއް ބޭނުންވެފައިވާ މިންވަރަށް ބަލާއިރު 10 އަހަރަކީ މާދިގު މުއްދަތެއް. ތިމުއްދަތު ތިއަށްވުރެ އަވަސް ކުރަން ޖެހޭނެ

ގުޅުންހުރި

WhatsApp Image 2026 02 07 at 19.51.45

ހިތަދޫ ވިޔަފާރި ބަނދަރުގައި ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބަހައްޓަން އެއްބަސްވުމެއްގައި ސޮއިކޮށްފި

778

އެމްޕީއެލް އިން ލޮޖިސްޓިކްސްގެ ހިދުމަތް ރަސްމީކޮށް ފަށައިފި

WhatsApp Image 2026 02 05 at 16.35.13

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މުހިންމު މަސައްކަތެއް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

778

އެމްޕީއެލްގެ ލޭ ހަދިޔާކުރުމުގެ ހަރަކާތް ފަށައިފި

TTH_advertisement