ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައި ކޯޓުގެ ފަނޑިޔާރު ފައިސަލް އިސްތިއުފާ ދެއްވައިފި

ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ފައިސަލް، ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވިކަން ހާމަކޮށް ހައި ކޯޓުން މީސް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި އޭނާ ވަނީ ހިދުމަތަށް ޝުކުރު އަދާކުރައްވައިފައެވެ. ފައިސަލް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނޫނެވެ.

ނަމަވެސް، އެނގިފައިވާ ގޮތުގައި ފައިސަލް އިސްތިއުފާ ދެއްވީ އޭނާއާ ގުޅޭ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންނަނީ ބަލަމުން އަންނަ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި ނުހައްގު މުއްސަނދިކަން ހޯއްދެވިކަމުގެ ތުހުމަތު ކުރާ ކަން ވެސް އެނގިފައިވެއެވެ.

ފައިސަލްގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ހުސެއިން މަޒީދާއި ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ މައްސަލަތަކެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެ މައްސަލަތައް ބަލަމުން ދަނިކޮށް ނިޔާޒް ވަނީ ރިޓަޔާ ކުރައްވަން ނިންމަވައިފައެވެ.

ޖޭއެސްސީން ވަނީ ނިޔާޒްގެ ރިޓަޔާމަންޓް ގަބޫލު ކުރައްވަން ނިންމަވައިފައެވެ.

ހައި ކޯޓުގެ ހިންގުމާ ވަގުތީ ގޮތުން މިހާރު ހަވާލުކޮށްފައިވަނީ އެ ކޯޓަށް އެންމެ ފަހުން އައްޔަންކުރި ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

high court

ހައި ކޯޓާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

jsc

ޖޭއެސްސީ އެކުލެވިގެންވާ ގޮތާއި މަޖިލިސް މެންބަރުންގެ އަދަދަށް ބަދަލުގެންނަނީ

ހައިކޯޓުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރަކަށް ޝަފީއު އައްޔަނުކުރައްވައިފި

uthama fadiyaaru

މިދިޔަ އަހަރު 20،000 މައްސަލަ ހުކުމް ކުރި، 20،898 މައްސަލަ ރަޖިސްޓްރީކުރި