ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޅުދުއްފުށީ ބީޗް ތަރައްޤީކުރުމުގެ %90 މަސައްކަތް ނިންމާލައިފި

ކުޅުދުއްފުށި ސިޓީ ބޯޒިޔާރާތް ބީޗް ތަރައްޤީކުރުމުގެ %90 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

ސިޓީ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ މި މަޝްރޫޢު އަކީ، އަމިއްލަ ކުންފުންޏެއް ކަމަށްވާ ޕްލަސް ބީ ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

މި މަސައްކަތުގެ ތެރެއިން ބޯޒިޔާރާތް ބީޗް ސަރަހައްދުގައި، އެންޓްރެންސް ވީލްޗެއަރ އެކްސެސްއާއިއެކު ތަރައްޤީކޮށް، ބައުންޑަރީ ވަކިކޮށް، ފާހަނަބަރި، ބީޗް ހަޓް، ބާބަކިއު އޭރިއާ، ޝަވަރާއި، ވޯކްވޭއެއްގެ އިތުރުން ސަރަހައްދުގެ ލޭންޑްސްކޭޕިންގެ މަސައްކަތް ވަނީ މިހާރު ނިންމާލާފައެވެ.

މިގޮތުން މި ވަގުތު އެ ސަރަހައްދުގައި ކުރިއަށް ދަނީ ގޮނޑުދޮށް ހެދުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.

މި މަސައްކަތަކީ ބޯޒިޔާރާތް ބީޗް ސަރަހައްދުގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ ގޮތުން، ވަކިން، ބެންޒީ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ކުޅުދުއްފުށީ ބޯޒިޔާރާތް ބީޗް ތަރައްޤީކުރުމުގެ މަސައްކަތަކީ، އެ ސިޓީގެ ރައްޔިތުންގެ ނުހަނު ބޮޑު އެދުމަކާއެކު ސިޓީ ކައުންސިލުން ޚާއްސަ އިސްކަމެއްދީގެން ތަރައްޤީކުރާ ބޮޑު މަޝްރޫޢު އެކެވެ. މިގޮތުން މި މަޝްރޫޢުއަށް ސިޓީ ކައުންސިލުން ވަނީ 3 މިލިއަން ރުފިޔާ އަށް ވުރެއް ގިނަ ހަރަދު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުޅުދުއްފުށީގައި އިމިގްރޭޝަންގެ ރީޖަނަލް އޮފީހެއް ހުޅުވައިފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

778

ކުޅުދުއްފުށީ ހޮސްޕިޓަލްގައި ޕްރައިވެޓް ރޫމް އެޅުމަށް ހަވާލުކޮށްފި

ކުޅުދުއްފުށީ ޑަބްލިއުޑީސީގެ ފަރާތުން ހެދި ބީޗްހަޓްތަކާއި ޖޯލިތަކުގެ މަސައްކަތް ނިންމާލައިފި