ކުއްލި ޚަބަރު

ކުއްޖަކަށް ފުލުހަކު ބިރުދައްކައި އަނިޔާކުރި މައްސަލައެއް ބަލަނީ

އަމީނިއްޔާ ސްކޫލްގެ ނަމުގައި ލިންކެއް ފޮނުވައިގެން އޮޅުވާލައިގެން ފައިސާ ހޯދަނީ

ހއ. އަތޮޅު ހޮސްޕިޓަލްގެ ފަސް ބުރީގެ އިމާރާތުގެ ބިންގާ އަޅައިފި

ސްޓެލްކޯއިން ޚިދުމަތްދޭ ހުރިހާ ރަށެއްގައި ގަސް އިންދުމުގެ ހަރަކާތެއް ފަށައިފި

778

ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ސްޓެލްކޯގެ ޚިދުމަތްދޭ ހުރިހާ ރަށެއްގައި މިއަދު ގަސް އިންދުމުގެ ޙަރަކާތްތައް މިއަދު ކުރިއަށްއެބަގެންދެއެވެ.

އެކުންފުނިން ބުނީ ގަސް އިންދުމުގެ ޕްރޮގްރާމް ރަށްތަކުގައި މިއަދު ކުރިއަށްގެންދަނީ ތިމާވެށި ރައްކާތެރިކޮށް، ދިވެހިރާއްޖޭގެ ކާބަން ފުޓްޕްރިންޓް އޮފްސެޓް ކުރުމަށް 5 އަހަރުތެރޭގައި 5 މިލިއަން ގަސް އިންދުމަށް ސަރުކާރުން ފަށާފައިވާ ޤައުމީ މަޝްރޫޢުގައި އެ ކުންފުނިން ބައިވެރިވެފައިވާތީ ކަމަށެވެ.

އެގޮތުން ސްޓެލްކޯއިން ވެފައިވާ ވައުދާއެއްގޮތަށް 5 އަހަރުގެ ތެރޭގައި 5 ލައްކަ ގަސް އިންދުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ސްޓެލްކޯގެ ޚިދުމަތްދޭ ހުރިހާ ރަށެއްގައި މިއަދު ގަސް އިންދުމުގެ ޙަރަކާތްތައް ހިންގަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ސްޓެލްކޯގެ ފަސް ލައްކަ ގަސް އިންދުމަށް ވެފައިވާ ވައުދާއެއްގޮތަށް އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 5 އިން ފެށިގެން މި އަހަރުގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހާ ހަމައަށް 74،282 ގަސް އިންދާފައެވެ.

މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރުއޫއެއް ކުރިއަށް ގެންދާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައި ވަނީ ކޮޕް28ސަމިޓްގައި ތަގުރީރު ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

stelco

ސްޓެލްކޯއިން ވޭތުވި ދެއަހަރު 44 ޖެންސެޓް ބެހެއްޓި، 23.9 މެގަވޮޓްގެ ކެޕޭސިޓީ އިތުރުކުރި

ސްޓެލްކޯގެ މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށްގެންގޮސްފި

Ii

ކަރަންޓްގެ ފެންވަރު ރަނގަޅުކުރަން ސްޓެލްކޯ އިން އުކުޅަހަށް އިތުރު ޖަނެރޭޓަރެއް ފޮނުވައިފި

Muaz

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

TTH_advertisement