ކުއްލި ޚަބަރު

އިސްރާއީލުގެ އަނިޔާވެރި އަމަލުތައް ނިމުމަކަށް ގެންނަން ފިޔަވަޅު އެޅުމަށް ރާއްޖެއިން ގޮވާލައިފި

މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާކަމުގެ ތުހުމަތު އޮތް މީހާ 15 ދުވަހަށް ބަންދުކޮށްފި

ކައުންޓަރ ޓެރަރިޒަމް ކޯލިޝަން  އިން ބޭއްވި ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

އިސްރާއީލުގެ އަނިޔާވެރި އަމަލުތައް ނިމުމަކަށް ގެންނަން ފިޔަވަޅު އެޅުމަށް ރާއްޖެއިން ގޮވާލައިފި

55

އިސްރާއީލުގެ އަނިޔާވެރި އަމަލުތައް ނިމުމަކަށް ގެންނަން ފިޔަވަޅު އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ރާއްޖެއިން ގޮވާލައިފިއެވެ.

ރާއްޖެއިން މިކަމަށް ގޮވާލާފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ޣާޒާއަށް ދާދިފަހުން ދީފައިވާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން އާންމުންގެ ފުރާނަ ގެއްލި، ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އިސްރާއީލުން ވަރަށް ބޮޑަށް ޚިލާފުވެފައިވާތީ، އެކަން ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ނިމުމަކަށް ގެނައުމަށާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފުރިހަމައަށް އަދި ވަގުތުން ޢަމަލުކުރުން ކަށަވަރުކުރުމަށް، ވަގުތުން ވަގުތަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާ ކަމަށެވެ.

މި ހަމަލާތަކުގެ ސަބަބުން އާންމުންގެ ފުރާނައަށް ގެއްލުންވެ، އިންސާނީ ހައްޤުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ ރާއްޖެއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އިސްރާއީލުގެ ޢަމަލުތަކުގެ ސަބަބުން، ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކޮށްލުމުގެ ނުރައްކާ އޮތުމުން އެކަމުގެ ކަންބޮޑުވުން ވެސް ރާއްޖެއިން ވަނީ ފާޅުކޮށްފައެވެ.

މީގެ އިތުރުން، ރާއްޖެއިން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެ މީހުންގެ ހައްގު ހޯދައިދިނުމަށް އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދީފައެވެ.

1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއް ޤާއިމުކުރުމަށް ކުރާ މަސައްކަތަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާނެ ކަމަށްވެސްބަޔާނުގައި ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިޔާސީ ދާއިރާއިން އެއްބާރުލުން ދިނުމަށް ރާއްޖެއާއި މިޞްރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

dr abdulla khaleel

ވާޖިބަށް ހުރަސްއެޅުމުންވެސް ފުލުހުން އަމަލުކުރީ ގާނޫނީ އިމުގެ ތެރެއިން: ޑރ.ހަލީލު

ފަލަސްޠީނުގެ ޙައްޤުގައި ބައިނަލްއަޤުވާމީ މުޖުތަމަޢު އެކުގައި މަސައްކަތްކުރެއްވުމަށް ރައީސް ގޮވާލައްވައިފި

ނިއުޔޯކް ޑެކްލެރޭޝަނަކީ ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށް ފާޅުކަން ބޮޑު ހެއްކެއް: ރައީސް

TTH_advertisement