ކުއްލި ޚަބަރު

ކައުންޓަރ ޓެރަރިޒަމް ކޯލިޝަން  އިން ބޭއްވި ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

ނާގޯށީގައި ރިސޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން ވަޒީފާތަކަށް މީހުން ހޯދަން އިއުލާންކޮށްފި

ރައީސް މުއިއްޒު މާލޭ “ޒުވާނުންގެ ވެހި” ރަސްމީކޮށް ހުޅުއްވައިދެއްވައިފި

ޑޭވިސް ކަޕްގައި ރާއްޖޭގެ ޓެނިސް ޓީމުން ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފި

ބަޙްރެއިންގައި މިހާރު ކުރިޔަށްދާ ޑޭވިސް ކަޕް ނުވަތަ ފިރިހެނުންގެ ޓެނިސް ވޯލްޑް ކަޕްގެ ގްރޫޕް 5ގެ ސަރަޙައްދީ ކެޓަގަރީގައި ދިވެހިރާއްޖޭގެ ޓެނިސް ޓީމުން ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފިއެވެ.

ބަޙްރެއިންގެ އިސާ ޓައުންގެ ބަޙްރެއިން ޓެނިސް ފެޑެރޭޝަން ޕޮލިޓެކްނިކް ޔުނިވަރސިޓީގައި މިއަދު މަކާއުއާ ދެކޮޅަށް ކުޅުނު މެޗު ރާއްޖެއިން ކާމިޔާބުކުރި 2-1އިންނެވެ.

ސިންގަލްސް ފުރަތަމަ މެޗުގައި މިއަދު ވެސް ފުރަތަމަ ނިކުތީ ދާއޫދު ޝަހީބުއެވެ. މަކާއުގެ ލޮއި ޓޯ ޝިއޯންއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ގޭމުގައި ދާއޫދު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް އެ ގޭމު އިދިކޮޅު ކުޅުންތެރިޔާ ކާމިޔާބުކުރީ 7-6 އިންނެވެ. އަދި 1 ގަޑިއިރާ 53 މިނެޓަށް ދިގުދެމިގެން ދިޔަ މި މެޗުގެ ދެވަނަ ގޭމް ލޮއި ޓޯ ގެންދިޔައީ 6-0 އިންނެވެ.

ފުރަތަމަ މެޗު ގެއްލުނު ނަމަވެސް، އަބްދުالله ފާއިހް ފަޒީލް ވަނީ ދެވަނަ މެޗު ކާމިޔާބުކޮށްފައެވެ. މަކާއުގެ ޝީ ލޮންގް ޝޯން ހޯއާ ދެކޮޅަށް ކުޅުނު އެ މެޗު އޭނާ ކާމިޔާބުކުރީ 6-1 އަދި 6-3 އިންނެވެ.

މީގެ އިތުރުން ޑަބަލްސް މެޗު ފަސޭހަކަމާއެކު، 6-2 އަދި 6-1އިން ކާމިޔާބުކޮށް ރާއްޖެއިން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

ރާއްޖެއަށް ދެން އޮތީ ތަޖިކިސްތާނު މެޗެވެ. އެ މެޗު ކުޅޭނީ މާދަމާއެވެ. އެ މެޗުން މޮޅުވެއްޖެނަމަ ގްރޫޕް 4އަށް ރާއްޖެ ޕްރޮމޯޓު ވާނެއެވެ.

މި މުބާރާތުގައި ސަރަޙައްދީ ޤައުމުތައް ފަންތިކޮށް ތިން ކެޓަގަރީއަކަށް ބަހާލާފައިވާއިރު، ސަރަޙައްދީ ގްރޫޕް 5އިން ދެން ޕްރޮމޯޓު ވާނީ ސަރަޙައްދީ ގްރޫޕް 4 އަދި އެއަށްފަހު 3 އަށެވެ. ސަރަޙައްދީ ގްރޫޕްތަކުން އެންމެ މޮޅު ނަތީޖާތައް ހޯދާ ޓީމުތައް ދެން ދާނީ “ވޯލްޑް ކެޓަގަރީ 2″އަށެވެ. އެއަށްފަހު އެ ގްރޫޕުން ދެން ޕްރޮމޯޓު ވާނީ “ވޯލްޑް ކެޓަގަރީ 1″އަށެވެ. އަދި ވޯލްޑް ކަޕް ފައިނަލްސްއަށް ދަތުރުކުރާ ޤައުމުތައް ކަނޑައަޅާނީ ކޮލިފިކޭޝަން ބުރަކަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބިލީ ޖީން ކިންގް ކަޕް: ތާރީހީ މޮޅަކާއެކު ރާއްޖެ ފައިނަލަށް

ރާއްޖެ ގުރޫޕުގެ އެއްވަނައިގައި ސެމީ ފައިނަލަށް

ޓެނިސް ޓީމު ވިއެޓްނާމްއަށް

ނެޝަނަލް ޓެނިސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފި

TTH_advertisement