ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ފަރުވާ ހޯދާ މީހުންނަށް ޑްރަގު ދޭ މައްސަލައެއްގެ އެ ތުހުމަތުގައި އެންޑީއޭގެ މުވައްޒަފަކު މިއަދު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައި ވަނީ އެންޑީއޭގެ ޕިއާރ މެންޓާރގެ ވަޒީފާ އަދާކުރަމުންދިޔަ ފަރާތެކެވެ.
އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ، ފްލޮރިޑާ، މުހައްމަދު ފަސީހު، 51އ އެވެ.
ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކުރީ އެންޑީއޭ އިން ފަރުވާ ހޯދާ ކްލަޔަންޓުންނަށް ޑްރަގުދީ، ނަހަމަ ގުޅުން ބާއްވާކަމުގެ ތުހުމަތުގައި ކަމަށެވެ.
އެގޮތުން އެ ކަމުގެ ރިޕޯޓް އެންޑީއޭގެ ފަރާތުން މި މަހުގެ 5 ވަނަ ދުވަހު ފުލުުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އަދި ކޯޓު އަމުރެއްގެ ދަށު މިއަދު އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު