ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭ ބިންހިއްކާ ސަރަހައްދު ހުރި އުޅަނދުތައް ނުނަގާނަމަ އެޗްޑިސީން އެ އުޅަނދުތައް ނަގަނީ

ހުޅުމާލޭ މާސްޓަރ ޕްލޭނާ އެއްގޮތަށް، ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށްޓަކައި، އެޗްޑިސީން ބިންހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެންގި މުއްދަތުގައި ނުނަގާނަމަ، އެ ކޯޕަރޭޝަނުން އަމިއްލައަށް އެ އުޅަނދުތައް ނަގާނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑިސީ) އިން ބުނެފިއެވެ.

އެޗްޑިސީން މިކަން ހާމަކޮށްފައިވަނީ، ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެޗްޑިސީން ބުނެފައިވާ ގޮތުގައި، ހުޅުމާލެ ފަޅުތެރޭގައި ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެކި ފަހަރުމަތިން އާންމުކޮށް އަންގައި އިޢުލާނުކުރެވިފައި ވެއެވެ. އެގޮތުން، އެންމެ ފަހުން 9 ނޮވެންބަރު 2025 ގައި އާންމުކުރި އިޢުލާނުގައި، އެ އުޅަނދުފަހަރުތައް ތިލަފުށި، ގުޅީފަޅު، އަދި ކުޑަގިރިން ކަނޑައަޅާފައިވާ ސަރަޙައްދުތަކުގައި އެޅުމުގެ ފުރުޞަތު ފަހިކޮށްދީފައި ވެއެވެ.

އުޅަނދުތައް ނެގުމަށް އަންގައި އެޗްޑީސީން ކުރި ޢިއުލާންގައިވާ ޗާޓު

ނަމަވެސް، އެޗްޑިސީން ބެލިބެލުމުން، ހުޅުމާލެ ފަޅުތެރޭގައި ހުރި ގިނަ އަދަދެއްގެ އުޅަނދުތަކެއް ދެވިފައިވާ މުއްދަތުގައި ނަގާފައިނުވާކަން ފާހަގަ ކުރެވޭކަމަށް އެ ކުންފުނިން ބުންޏެވެ. އެހެންކަމުން، އެޗްޑިސީން ވަނީ އެ ކުންފުނިން އާންމުކޮށްފައިވާ ޢިއުލާންގައި އެޓޭޗްކޮށްފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް 22 ނޮވެންބަރު 2025 ވާ ދުވަހުގެ 15:30 ގެ ކުރިން އެ ސަރަހައްދުން ނެގުމަށް އަލުން އާންމުކޮށް އަންގައި އިޢުލާންކޮށްފައެވެ.

އެޗްޑިސީން އަންގާފައިވާ ގޮތުގައި، 22 ނޮވެންބަރު 2025، 15:30 ގެ ފަހުން މި އިޢުލާނުގައިވާ ޗާޓުގައި ފާހަގަ ކޮށްފައިވާ ސަރަހައްދުން ބިން ހިއްކުމުގެ މަސައްކަތަށް ހުރަސްއެޅޭގޮތަށް އަޅާފައިވާ އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުނަގާ އުޅަނދުތައް، އެ ކޯޕަރޭޝަނުން ނަގާނެއެވެ. އަދި، މިގޮތަށް އުޅަނދު ނެގުމުގެ ތެރޭގައި އުޅަނދަށް ލިބޭ އެއްވެސް ގެއްލުމަކަށް އެޗްޑިސީން ޒިންމާ ނުވާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިނަރެސް ފްލެޓެއް ލޯންޑްރީ ސެންޓަރަކަށް ބޭނުންކުރާ މައްސަލަ ބަލަނީ

ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފި

Hulhumale

ހުޅުމާލޭ ފޭސް 1 ގެ 704 ފްލެޓް ބެލެހެއްޓުން އެޗްޑީސީއާ ހަވާލުކޮށްފި

Mussss

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ މެއިންޓަނަންސްގެ މަސައްކަތްތައް ފަށައިފި