ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު އަހަރު: ޝަރީފް

Shareef mbl

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެފައިވަނީ މި އަހަރު ނިމޭއިރު އެއީ ބީއެމްއެލްގެ ތާރީހުގައި ހުރިހާ ގޮތަކުން ވެސް އެންމެ ކާމިޔާބު އަހަރަކަށް ވާނެ ކަމަށެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝަރީފް ފާހަގަކުރެއްވީ އޮކްޓޫބަރު މަހުގެ ނިޔަލަށް ހުރި ނަންބަރުތަކުން ބެލިއަސް ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ މާލީ ހާލަތު ވަރަށް ރަނގަޅު ކަމަށާއި ފައިދާއާއި ފައިނޭންޝަލް ރޭޝިއޯތަކަށް ބަލާއިރު މިއީ އެންމެ ވަރުގަދަ އަހަރަކަށް ވުން ކަށަވަރު ކަމަށެވެ. އޭނާ ވިދާޅުވީ ބޭންކުގެ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ވިޔަފާރި އިތުރަށް ފުޅާކުރަމުންދާތީ އަންނަ އަހަރު މިއަށްވުރެ ވެސް ކާމިޔާބު ވާނެ ކަމަށެވެ.

10 މިލިއަން ރުފިޔާގެ ކެޕިޓަލަކުން ފެށި ބީއެމްއެލް މިއަދު 15 ބިލިއަން ރުފިޔާގެ ކެޕިޓަލަކަށް ބަދަލުވެފައިވާކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ ބޭންކުން ބޮޑެތި ލޯނުތަކާއި ބޮޑެތި ފައިދާތައް ހޯދުމުގެ ބޭނުމަކީ އެއީ “ބޮޑު ބޭންކަކަށް” ހެދުމަށް ކަމަށެވެ. އޭނާ ވިދާޅުވީ ކެޕިޓަލް އިތުރަށް ބޮޑުކޮށް ވިޔަފާރި ފުޅާކޮށް ރާއްޖެއިން ބޭރަށް ވެސް ފުޅާވުމަށް ބޭންކު މިވަނީ ތައްޔާރުވެފައި ކަމަށާއި ބޭންކުގެ ރިސްކް މެނޭޖްމަންޓް ވަރަށް ވަރުގަދަ ކަމަށެވެ.

ބީއެމްއެލްއަށް އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ސީއީއޯ ވިދާޅުވީ ބޭންކު ހިންގަނީ ގާނޫނާއި ގަވާއިދުތަކުގެ ތެރޭގައި ކަމަށާއި ބައިނަލްއަގްވާމީ ގާނޫނުތަކަށް ވެސް ބޯލަނބައި ނުދޭކަން އަހަރަކު އެއްފަހަރު ކުރާ އޮޑިޓުން ކަށަވަރުވާނެ ކަމަށެވެ. އޭނާ ވަނީ ހިއްސާދާރުންނަށް ބޭންކު ދާނީ މިހާރު ހުރި ވަރަށްވުރެ އެތައް ގުނައެއް ކުރިއަރައިގެން ފައިދާ އިތުރުވެގެން ދިޔުމުގެ ޔަގީންކަން ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 އަށް ތާވަލުކޮށްފި

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

Shareef mbl

ބީއެމްއެލްގެ ނަތީޖާ ދޭހަވަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުކަން: ޝަރީފް

B 202510291210131761721813.7746

ބީއެމްއެލްގެ ސުވައިޕް އައްޑޫއަށް ތައާރަފުކޮށްފި