ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގައި އޮޕަރޭޓްކުރާ ދިވެހި ކުންފުނިތަކުން ޓެކްސް ގަވައިދުން ދައްކާ: ޒަމީރު

zameer

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގައި އޮޕަރޭޓްކުރާ ދިވެހި ކުންފުނިތަކުން ސަރުކާރަށް ޓެކްސް ދައްކާކަންކަން ވަރަށް ރަނގަޅަށް ދަމަހައްޓަމުންދާކަމަށެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަޖެޓް ބަހުސްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބިޒްނަސް ޕްރޮފިޓް ޓެކްސް ފަދަ ޓެކްސްތައް ދައްކާއިރު ދިވެހި ކުންފުނިތަކުން ވަރަށް ގަވައިދުން އަމަލުކުރަމުންދާކަން ފާހަގަވާ ކަމަށެވެ.

މީގެއިތުރުން ވަޒީރު ފާހަގަކުރެއްވީ ދިވެހި ކުންފުނިތަކުގެ އިންވެސްޓްމަންޓްތަކުން ދިގުމުއްދަތުގައި ގައުމަށް ފައިދާކުރާކަމަށާއި، އެހެންކަމުން އެކުންފުނިތަކަށް އެހީތެރިވެދެއްވުމަށާއި ކަންކަން މަގުފަހިކޮށްދިނުން މުހިންމުކަމަށެވެ. އަދި ދުނިޔޭގެ ބައެއް ގައުމުތަކުން ޓެކްސް ދެއްކުމުގައި ދިމާވާ ބައެއް މައްސަލަތައް ހައްލުކުރުމަށް މީރާއާއި ގުޅިގެން މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

އެސްޓީއޯއަށް ލިބޭ ފައިދާ ބޭނުންކޮށްގެން ތެލުގެ އަގު ބޮޑުވިޔަނުދީ ހިފަހައްޓަން ނިންމައިފި

778

500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށް ރީފައިނޭންސް ކުރަނީ އަނބުރާ ދެއްކޭނެގޮތްތައް ބަލައިގެން: ޒަމީރު

55

މާލޭގެ ވިޔަފާރި ބަނދަރު ވިއްކާލަން އުޅޭ ކަމަށް ބުނާ ވާހަކައަކީ ދޮގެއް: ޒަމީރު

Dd

އަންނަ އަހަރު ވެސް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަންޖެހޭނެ: މިނިސްޓަރު ޒަމީރު