ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަންނަ އަހަރު ވެސް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަންޖެހޭނެ: މިނިސްޓަރު ޒަމީރު

Dd

އަންނަ އަހަރުވެސް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން ނުޖެހޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ މިއަހަރުގެ ތެރޭގައި ވެސް ސަރުކާރުން ކަނޑައަޅާފައިވާ ޓާގެޓާ އެއްގޮތަށް ހަރަދުތައް ބަހައްޓާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރަކީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ އުނދަގޫ ދަރަންޏެއް ދައްކަންޖެހޭ އަހަރު ކަމަށާއި ސަރުކާރުން ބަޖެޓް ހުށަހަޅާފައިވަނީ އެ ކަންކަމަށް ރިއާޔަތްކޮށް، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކަށް އެއްވެސް ހުރަހެއް ނޯންނާނެގޮތަށް ކަމަށެވެ.

އެ މިނިސްޓްރީގެ އިކޮނޮމިސްޓުންނާއި އެމްއެމްއޭއިން ވެސް ލަފާ ކުރާ ގޮތުގައި އަންނަ އަހަރުގެ ބަޖެޓަކީ ދެމެހެއްޓެނިވި ބަޖެޓެއް ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

ސަރުކާރުގެ ވިސްނުން ހުރީ އަންނަ އަހަރު ވެސް ޓެކްސް ބޮޑުނުކޮށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ހޯދަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

އެސްޓީއޯއަށް ލިބޭ ފައިދާ ބޭނުންކޮށްގެން ތެލުގެ އަގު ބޮޑުވިޔަނުދީ ހިފަހައްޓަން ނިންމައިފި

778

500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށް ރީފައިނޭންސް ކުރަނީ އަނބުރާ ދެއްކޭނެގޮތްތައް ބަލައިގެން: ޒަމީރު

55

މާލޭގެ ވިޔަފާރި ބަނދަރު ވިއްކާލަން އުޅޭ ކަމަށް ބުނާ ވާހަކައަކީ ދޮގެއް: ޒަމީރު

zameer

ރާއްޖޭގައި އޮޕަރޭޓްކުރާ ދިވެހި ކުންފުނިތަކުން ޓެކްސް ގަވައިދުން ދައްކާ: ޒަމީރު