ކުއްލި ޚަބަރު

ޓެކްސީ ލައިންގެ ޚިދުމަތް ފަށަން 408 ޓެކްސީ ޑްރައިވަރުން ހޯދަން އެމްޓީސީސީން އިއުލާންކޮށްފި

ހައިކޯޓުގެ ހިންގުން ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ ހަވާލުކޮށްފި

އަބްދުއްރަހްމާން މަރާލި މައްސަލާގައި ހައްޔަރުކުރި މީހުންނަށް ދައުވާ އުފުލައިފި

މާލޭގައި 18 އަހަރުގެ އަންހެނަކު ރަހީނުކޮށް ޖިސްމާނީ އަނިޔާކުރި މައްސަލައެއް

kulli khabaru

މިރޭ މާލޭގައި 18 އަހަރުގެ އަންހެނަކު ރަހީނުކޮށް ޖިސްމާނީ އަނިޔާކުރި މައްސަލައެއް ފުލުހުން ތަޙުޤީޤު ކުރަން ފަށައިފިއެވެ.

މިކަން ހާމަކޮށް ފުލުހުން ދެންމެ ބުނެފައިވަނީ މާފަންނުގައި ހުރި ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކު ހުއްދަނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާ މައްސަލަ މިރޭ 06:11 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

“މި މައްސަލަ މިދަނީ ތަޙުޤީޤު ކުރަމުން” ފުލުހުން ބުނެފައިވެއެވެ.

މައްސަލައާއި ގުޅޭ އިތުރު ތަފުސީލެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ.

މިފަދަ ކަމެއް މިރޭ ހިނގާފައިވާއިރު އާދީއްތަ ދުވަހު މާލޭގައި 24 އަހަރުގެ އަންހެނަކު ރޭޕުކުރި މައްސަލައެއްވެސް ފުލުހުން އަންނީ ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

778

ސިނގިރޭޓް ވައްކަމާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފި

Dd

ކަނޑުމަގުން ޑްރަގް އެތެރެކުރުމުގެ ތުހުމަތުގައި 16 މީހަކު ހައްޔަރުކޮށްފި

Dd

މާލެއިން ބިދޭސީއަކު ގެއްލިގެން ހޯދަނީ

Ii

މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ

TTH_advertisement