ކުއްލި ޚަބަރު

ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އާއި މާސްޓާކާޑު ގުޅިގެން ފަށައިފި

މާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަން ރައީސް ނިންމަވައިފި

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

މުޅިރާއްޖޭގައި ތަރައްގީގެ 1،875 މަޝްރޫޢު އެބަހިނގާ: ރައީސް

އްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީގެ 1،875 މަޝްރޫޢު ހިނގަމުންދާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މާލޭ ސޯޝަލް ސެންޓަރުގައި ބޭއްވި ”ރައްޔިތުންނާއިއެކު ކުރިއަށް – ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު”ގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ދައުލަތުގެ ހުރިހާ ވުޒާރާތަކެއް ހިމެނޭހެން، ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާކަމަށެވެ.

އެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، އުމްރާނީ ތަރައްގީއަކީ މި ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ ދާއިރާކަމަށެވެ. މި ތަރައްގީގެ މަޝްރޫޢުތަކުގެ ތެރޭގައި ހިނގަމުންދާ މަޝްރޫއުތަކާއި، އަލަށް ސޮއިކުރެވޭ މަޝްރޫޢުތައްވެސް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، އަލަށް ސޮއިކުރެވޭ މަޝްރޫއެއްނަމަ، ތިން މަސްދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނޭކަމުގެ ޔަގީންކަން ދެއްވިއެވެ.

މީގެތެރޭގައި ޕްރައިވެޓް ސެކްޓަރ ޕާޓްނަޝިޕްގެ ދަށުން މި މަހުގެ ތެރޭގައި ސޮއިކުރެވުނު 236 މަޝްރޫޢުވެސް ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. މި ހުރިހާ އުމްރާނީ ތަރައްގީގެ މަޝްރޫޢެއް ހިންގާ، ތަންފީޒުވެ ނިމޭއިރު، ރައްޔިތުންނަށް އޭގެ ފައިދާ ފެނިގެންދާނޭކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްގީގެ މަޝްރޫޢުތައް ހިންގޭނީ ތިމާވެށި ހިމާޔަތްކޮށްގެންކަމަށްވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ކޮންމެ މަޝްރޫއަކީ ފުރިހަމަ ކުރަންޖެހޭ އީއައިއޭ ރިޕޯޓްތައް ފުރިހަމަކޮށް، އެއަށް އަމަލުކުރެވޭ މަޝްރޫއަކަށްވެގެންދާނޭ ކަމުގައި ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނުގެ ވައުދުފުޅެއްގެ ގޮތުން ފެށިގެންދިޔަ ފަސްމިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އިޝާރާތްކުރައްވައި ވިދާޅުވީ، މިހާތަނަށް އަށްލައްކައަށްވުރެ ގިނަ ގަސް އިންދިފައިވާކަމަށާއި، މި ޕްރޮގްރާމު ނިމޭއިރު ހަމިލިއަނަށް ވުރެ ގިނަ ގަސް އިންދޭނޭކަމަށް ލަފާކުރެއްވިއެވެ.

ތެލަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމުގެ ގޮތުން، އިޔާދަކުރުވަނިވި ހަކަތައިގެ މަޝްރޫއުތަކަށް ގައުމީ ތަރައްގީގައި އިސްކަންދެމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، މިހާތަނަށް ސޯލާ ހަކަތަ އުފެއްދޭ މިންވަރު ދެގުނަ އިތުރުކުރެވިފައިވާ ކަމަށާ، 100 މެގަވޮޓްގެ ބޮޑު މަޝްރޫޢެއް ފަށާފައިވާ ކަމަށާއި، ސޯލާގެ އިތުރު 78 މަޝްރޫޢެއްގައި ސޮއި ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތަކަމުގައި ހެއްދެވުމަށް ވެވަޑައިގެންފައިވާ ވައުދު ރައީސް ތަކުރާރުކުރެއްވިއެވެ.

ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، މާޗް މަހުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި އާރް.ޓީ.އެލް.ގެ ޚިދުމަތް ގާއިމްކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ފަސޭހަ، ނަތީޖާ ފެންނަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒުކަމަށް ފާހަގަކުރައްވާ، ރައީސް މުޢިއްޒު ވިދާޅުވީ މާލޭގައި ޓެކްސީ ލައިންގެ ޚިދުމަތް އަންނަ ފެބްރުއަރީގައި ފެށިގެންދާނެކަމަށެވެ.

މި މަޝްރޫޢުގެ ސަބަބުން، ޓެކްސީ ޑްރައިވަރުންނަށް ފިކްސްޑް އިންކަމެއް ލިބި، ރައްޔިތުންނަށް މެދުނުކެނޑި ޓެކްސީގެ ޚިދުމަތް ލިބޭނޭކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

Whatsapp image 2025 07 31 at 11.30.44

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މަސީހު 10 ދުވަހަށް ބަންދުކޮށްފި

Whatsapp image 2025 07 31 at 11.30.44

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

403812 a59f4bc3 b

ރައީސް މުއިއްޒަށް މަރުގެ އިޒާރުދިން މައްސަލައެއް ބަލަނީ

TTH_advertisement