ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 101 ކުދިންނަށް އާއިލާ ހޯދައިދެވިއްެޖެ

މި ސަރުކާރުން އިއުލާނުކޮށް ތަންފީޒުކުރަން ފަށާފައިވާ ކޮންމެ ކުއްޖަކަށް އާއިލާއެއް ޕްރޮގުރާމުގެ ތެރެއިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 101 ކުއްޖަކަށް އާއިލާ ހަމަޖައްސައިދެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދާ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ކުޑަކުދިންނަށް ގޯނާކުރުމާއި އިހުމާލުވުން ފަދަ މައްސަލަތަކުން ނަޖާވެފައިވާ މުޖުތަމައެއް ބިނާކުރެއްވުން ކަމަށެވެ. އެ މަސައްކަތް ކާމިޔާބުކުރެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސަރުކާރުން އިއުލާނުކޮށްފައިވާ ކޮންމެ ކުއްޖަކަށް އާއިލާއެއް ހަމަޖެއްސުމުގެ ސިޔާސަތަކީވެސް އެ ވިސްނުމުގެ ތެރެއިން ތަންފީޒުކުރައްވާ ސިޔާސަތެއް ކަމަށެވެ.

“އަޅުގަނޑުމެންގެ މުޖުތަމައުގެ ތެރޭގައި އަޅުގަނޑު ބޭނުމެއް ނޫން އިވޭކަށް ފެންނާކަށް ކުޑަކުދިންނަށް އަޅައިނުލާ ނުވަތަ އެކުދިންނާމެދު ބަހައްޓަންޖެހޭ ކެޔަރިން ނުބަހައްޓާ އަޑެއް. އެކަން ކުރުމުގައި ސަރުކާރަށް ކުރެވެން ހުރި މަސައްކަތް ކުރުމަކީ އެންމެ އިސްކަންދޭކަން.،”

ސަރުކާރުން ފެށި ޕްރޮގުރާމުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 101 ކުއްޖަކަށް މިހާތަނަށް އާއިލާ ހޯދައިދެވިަފއިވާކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރަށް 16 އަހަރުވާ ކުދިންނަށް ތަމްރީނު ހޯދައިދިނުމާއި އެހެނިހެން ޕްރޮގުރާމުތައްވެސް ހިންގައި ފުރުސަތުތައް ހޯދައިދެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރަށް އަންހެނުންގެ ތަރައްގީއަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހި ފުރުސަތުތައް ހޯދައިދިނުަމށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކާއި ސިވިލް ސާވިސްގެ ތެރެއިން 333 ވަޒީފާގެ ފުރުސަތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހޯދައިދެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް

ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ދެއްވި ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގެންފި