ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހާލަތު ބަލަން މަޖިލިހުގެ ފަރާތުން އެމްޕީއެލް ބަނދަރަށް

އެމްޕީއެލްގެ ބަނދަރުގެ ހާލަތު ބަލަން ރައްޔިތުންގެ މަޖިލީހުގެ ފަރާތުން މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރު އަހުމަދު ސަލީމް (ރެޑްވޭވް) އެ ތަނަށް ވަޑައިގެންފި އެވެ.

މި ޒިޔާރާތުގައި ދެ ބޭފުޅުން ވެސް ވަނީ މާލޭ ވިޔަފާރި ބަނދަރު ސަރަހައްދަށް ވަޑައިގެންފަ އެވެ. އަދި އެމްޕީއެލްގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސީއީއޯ މުހައްމަދު ރިޝްވާނާއި ކުންފުނީގެ މެނޭޖްމަންޓާ އެކު މަޝްވަރާ ކުރެއްވި އެވެ.

އެމްޕީއެލްގެ ބަނދަރުގެ ހާލަތާއި ދިމާވާ ދަތިތައް ރިޝްވާން ހިއްސާ ކުރެއްވި އެވެ.

މި ޒިޔާރާތާ ގުޅޭ ގޮތުން ނާޒިމް “މިހާރު” އަށް ވިދާޅުވީ އެތަނަށް ވަޑައިގެންނެވީ ބަނދަރުގެ ހާލަތު ވަޒަންކޮށް، ހުރި މައްސަލަތައް ދެނެގަތުމަށްޓަކައި ކަމަށެވެ. ފަހަކަށް އައިސް ފެންމަތިވާ ކަންތައްތަކަށް ބަލާއިރު، ވިޔަފާރި ބަނދަރުގައި ހުރި ގިނަ މައްސަލަތައް ފާހަގަކުރެވޭތީ، އެ ކަންކަން ހައްލުކުރަން ހާލަތު ދެނެގަތުން މުހިންމު ކަން އޭނާ ފާހަގަކުރެއްވި އެވެ.

“ބޭނުމަކީ އަސްލު ހާލަތު އަޅުގަނޑުމެން ދެނެގަތުން. އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ކަންކަން އަޅުވާއިރު ހާލަތު އަޅުގަނޑުމެން ދެނެގަނެ ކަންކަން ހައްލު ކުރެވޭތޯ މި އުޅެނީ،” 241 ކޮމިޓީގެ މެމްބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިލަފުށީގައި ހުސް ކޮންޓެއިނަރ ބަހައްޓާ ޖާގަ 3000 ޓީއީޔޫއަށް އިތުރުކޮށްފި

minister saeed

ލޮޖިސްޓިކްސް މައި ނެޓްވޯކްގެ ތެރެއަށް އަމިއްލަ ކުންފުނިތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް ޒިޔަތު ހަމަޖައްސަވައިފި

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީކުރަން ޙަވާލުކޮށްފި