ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ހުޅުމާލޭގައި އިތުރު އިސްރަށްވެހިންގެ ނާދީއެއް ތަރައްޤީކުރަނީ

hulhumale

ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކުރުމުގެ މަގްސަދުގައި އިތުރު އިސްރަށްވެހިންގެ ނާދީއެއް ތަރައްޤީކުރުމަށް، އެޗްޑީސީއާއި އާއިލާތަކާ އިޖްތިމާޢީ ތަރައްޤީއާބެހޭ ވުޒާރާއާ ދެމެދު، މެމޮރެންޑަމް އޮފް އަންޑަސްޓޭޑިންގ (އެމްއޯޔޫ)އެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި މަސައްކަތުގެ ދަށުން ހުޅުމާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފަރާތްތަކަށް އެންމެ ފުރިހަމައަށް ޚިދުމަތް ދެވޭނެ އިތުރު މަރުކަޒެއް ޤާއިމްކުރެވޭނެއެވެ.

މިކަމަށްޓަކައި މިއަދު އުމަރު ޒާހިރު ބިލްޑިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެޗްޑީސީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުއެވެ. އަދި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހިމް އިސްމާއިލް އަލީ އެވެ. މި އެއްބަސްވުމަކީ ހުޅުމާލޭގެ އިސްރަށްވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ދެ މުއައްސަސާ ގުޅިގެން ކުރާ މުހިންމު މަސައްކަތެކެވެ.

މި އިސްރަށްވެހިންގެ ނާދީގެ މައިގަނޑު މަޤްޞަދަކީ، އުމުރުން ދުވަސްވީ ފަރާތްތަކަށް އެންމެ ފުރިހަމަ އަދި ޒަމާނީ ވަސީލަތްތަކާއެކު ޚިދުމަތް ދެވޭނެ މާހައުލެއް ބިނާކުރުމެވެ. އެގޮތުން، މިއަދު ސޮއިކުރެވުނު އެމްއޯޔޫގައިވާ ގޮތުން، މި ނާދީގެ މަސައްކަތް 24 މަސް ދުވަހުގެ ތެރޭގައި ނިންމާލުމަށް ވަނީ އެއްބަސްވެފައެވެ.

މި ނާދީގައި އިސްރަށްވެހިންގެ ހެލްތު ސްކްރީނިންގް އާއި، އެ ފަރާތްތަކަށް ބޭނުންވާ ހާއްސަ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމުގެ ގޮތުން ހިތްހަމަޖައްސާލައި އަރާމުކޮށްލާނެ ސަރަހައްދުތަކާއި، ހިތްފަސޭހަ ކޮށްލުމަށް ބޭރަށް ނުކުމެވޭނެ ޖާގައިގެ އިތުރުން، ފޮތް ކިޔުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޖާގަވެސް އެތަނުގައި ހިމެނޭނެއެވެ. މި ވަސީލަތްތަކަކީ އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ޚާއްސަ އިސްކަމެއް ދީގެން ތަރައްގީކުރާ ތަންތަނެވެ.

އިސްރަށްވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ތަރައްޤީކުރި ފުރަތަމަ ނާދީން ވަނީ މިއަހަރުގެ ކުރީކޮޅު ހިދުމަތްދޭން ފަށާފައެވެ. މިހާރު އިތުރު ނާދީއެއް ގާއިމްކުރުމަކީ ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންނަށް ލިބިގެންދާނެ އިތުރު ފަސޭހައެކެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާނޭ މިފަދަ އެކި ވަސީލަތްތައް ތަރައްޤީކޮށް ޚިދުމަތް ފޯރުކޮށްދިނުމަށް އެޗްޑީސީން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ނާދީގެ މަސައްކަތް ނިމި، ޚިދުމަތް ދޭން ފެށުމުން ހުޅުމާލޭގެ އިޖްތިމާއީ ފޭރާން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 02 04 at 16.18.48

ހުޅުމާލޭގައި ހިލޭ ކުރިއަށްގެންދަން ރާވާފައިވާ ގުރުއާން ކްލާސްތަކަށް ބޮޑު ތަރުހީބެއް

hdc office

އެޗްޑީސީ ގުރުއާން ކުލާސްތަކުގައި ބައިވެރިވުމަށް ހުޅުވައިލައިފި، ފީއެއް ނެގުމަކާ ނުލައި މުޅިން ހިލޭ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރޯދަ މާރުކޭޓުން ދިވެހިންނަށް ހިލޭ ގޮޅި ދޫކުރަން ފަށައިފި

އެޗްޑީސީގެ ސިލްވާ ޖުބިލީ ފާހަގަކުރުމުގެ ހަރަކާތްތައް ރަސްމީކޮށް އިފްތިތާހުކޮށްފި

TTH_advertisement