ކުއްލި ޚަބަރު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

އަތޮޅު ކައުންސިލްތައް އުވާލައި ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލިހަށް ހުށަހަޅައިފި

muizzu-councils

އަތޮޅު ކައުންސިލްތައް އުވާލައި ކައުންސިލަރުންގެ އަދަދު މަދުކުރަން ގާނޫނުއަސާސީ އަށް ގެންނަންޖެހޭ އިސްލާހުތައް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލިހަށް ހުށަހެޅީ ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ އިތުރުން ލާމަރުކަޒީ ގާނޫނާއި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނު ވެސް އިސްލާހު ކުރާށެވެ. ސަރުކާރުގެ ފަރާތުން މި ބިލްތައް މަޖިލިހަށް ހުށަހެޅުއްވީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހާއި ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ހަމަދު އަބްދުﷲ އެވެ.

މި ބިލްތަކުގެ ފުރަތަމަ ކިއުން އިއްވުން މާދަމާ އޮންނަ މަޖިލިހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

ކައުންސިލަރުންގެ އަދަދު މަދުކުރަން ހުށަހެޅި އިސްލާހުގައި ވަނީ 2،000 މީހުންނަށް ވުރެ ކުޑަ އާބާދީއެއް އޮންނަ ރަށްރަށުގައި ތިން ކައުންސިލަރުން އަދި 2،000 އަށް ވުރެ ބޮޑު އާބާދީއެއްގައި ފަސް ކައުންސިލަރުން ތިބޭ ގޮތަށެވެ. ތިން ކައުންސިލަރުން ތިބޭ ރަށު ކައުންސިލްތަކުގެ އެއް ގޮނޑި އަންހެނުންނަށް ހާއްސަ ކުރަން ޖެހޭނެއެވެ. އަދި ފަސް ކައުންސިލަރުން ތިބޭ ރަށްރަށުގައި ދެ ގޮނޑި ހާއްސަ ކުރަން ޖެހޭނީ އަންހެނުންނަށް ކަމަށް ބިލްގައިވެއެވެ.

އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން އަތޮޅު ކައުންސިލްތައް އުވާލައި ކައުންސިލަރުން މަދު ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވަނީ ވިދާޅުވެފައެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވީ އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން ކަމަށާއި ކޮންމެ ރަށެއްގެ ރަށު ކައުންސިލް މިކަމަށް ހެކިވާނެ ކަމަށެވެ. އަތޮޅު ކައުންސިލް އުވާލުމަށް ފަހު، އެ ކައުންސިލްތަކުގެ ބަޖެޓު ބަހާލާނީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދިނުމަށް ކަމަަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓްލާންދާއިރު އަތޮޅު ކައުންސިލް ހޮވާކަށް ވޯޓްލާކަށް ނުޖެހޭނެ. އެ ފަށަލަ ދުއްވާލީމަ އިތުރަށް ރައްޔިތުން ބާރުވެރިވާނީ” ރައީސް

“ކޮންމެ ރަށެއްގެ ރަށު ކައުންސިލް ދެން މަސައްކަތް ކުރާނީ ކަމާ ބެހޭ ވުޒާރާތަކާއި ކުންފުނިތަކާ ޑައިރެކްޓްލީ. އަތޮޅު ކައުންސިލެއް ބޭނުމެއް ނުވާނެ،”

ރައީސް ވިދާޅުވީ، ރަށްރަށުގައި ހުންނަ ތަރައްގީގެ ކަންކަމުގެ އިތުރަށް، އިޖުތިމާއީ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ބޭނުންވާ ކަމަށާއި، މީގެ ފައިދާ ރައްޔިތުންނަށް އިހުސާސް ވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ދ ދިރާސާ
އަންހެނުން ހިމެނޭ ގޮތަށް ކައުންސިލެއް އޮންނަ ރަށަކަށް އަންހެނުންގެ ކޮމިޓީއެއްބޭނުމެއްނުވޭ

ގުޅުންހުރި

muthalib

ބޯހިޔާވަހިކަމުގެ އާ 2 ކެޓަގަރީގެ އުސޫލު އަންނަ ހަފްތާގައި، ފޯމު ހުށަހެޅުން މާޗު މަހު

raeees muiz

ސައިންސްގެ ދާއިރާއިން އަންހެނުން ބާރުވެރިކުރުމަކީ ޤައުމީ ތަރައްޤީގެ މައި ތަނބު: ރައީސް

Mp Falah

ޓެރަރިޒަމް ގާނޫނަށް އެމްޑީޕީން ހުށަހެޅި އިސްލާހަށް ސަރުކާރުގެ ތާއީދު އެބައޮތް: ފަލާހު

ފެންޝަން ފައިސާ ނެގޭ އިސްލާހަށް ލަފާ ހޯދަނީ

TTH_advertisement