ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެޗްޑީސީގެ މުވައްޒަފުންގެ ފްލެޓްތައް ހަވާލުކުރަން ފަށައިފި

Ii

އެޗްޑީސީގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން ހުޅުމާލޭގައި ހަދާފައިވާ ފްލެޓުތައް ލިބުނު މީހުންނާ އެ ތަންތަން ހަވާލުކުރަން ފަށައިފިއެވެ.

“ރީތިގަސް” ގެ ނަމުގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ލިބުނު އެޗްޑީސީގެ މުވައްޒަފުންނާ ފްލެޓު ތަޅުދަނޑި ރޭ ހަވާލުކޮށްދެއްވީ ހައުސިް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

މިއީ އެޗްޑީސީގެ މުވައްޒަފުންނަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް 2017 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ހަ ޓަވަރެއްގައި 459 އެޕާޓްމަންޓް ވަނީ ހަދާފައެވެ.

ހަވާލުކުރަން ފަށާފައި ވަނީ ޓަވަރު A އާއި ޓަވަރު B ގައި ހަދާފައިވާ 153 އެޕާޓްމަންޓެވެ. ބާކީ ހަތަރު ޓަވަރުގެ މަސައްކަތް އަންނަ ޑިސެމްބަރު 25 ވަނަ ދުވަހަށް ނިންމަން ނިންމަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮންމެ ޓަވަރެއްގައި ދެ ލިފްޓު ހަރުކޮށްފައިވާއިރު، ޓަވަރުތަކުގައި ކޮމަން އޭރިއާ އާއި ސެކިއުރިޓީ ރޫމްގެ އިތުރުން ކޮންމެ ޓަވަރެއްގައި ކޮމާޝަލް ޔުނިޓުތައް ވެސް ހިމެނޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ޓަވަރުތަކުގައި ދިރިއުޅޭ މީހުންނަށް 54 ކާރު ޕާކިން އަދި 782 ސައިކަލް ޕާކިން ސްލޮޓް  ހާއްސަ ކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިނަރެސް ފްލެޓެއް ލޯންޑްރީ ސެންޓަރަކަށް ބޭނުންކުރާ މައްސަލަ ބަލަނީ

ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފި

Hulhumale

ހުޅުމާލޭ ފޭސް 1 ގެ 704 ފްލެޓް ބެލެހެއްޓުން އެޗްޑީސީއާ ހަވާލުކޮށްފި

Mussss

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ މެއިންޓަނަންސްގެ މަސައްކަތްތައް ފަށައިފި