ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެސްއެމްއީ ޑިޖިޓަލްއިން މިއަހަރުގެ މިހާތަނަށް 117 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފި

SME

މިއަހަރުގެ މިހާތަނަށް އެސްއެމްއީ ޑިޖިޓަލުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 117 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފިއެވެ. މިދިޔަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން މިހާތަނަށް ޖުމްލަ 573 ފަރާތަކަށް 335 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ.

މިއަހަރު އެންމެ ގިނަ އަދަދެއްގެ ފައިސާ ދޫކުރެވުނީ ރަށު ފަތުރު ލޯނު ސްކީމުގެ ދަށުން؛ އެއީ 32 ލޯނަށް 41.21 މިލިޔަން ރުފިޔާއެވެ.

އެސްއެމްއީ ޑިޖިޓަލަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފެށުމާއި، ކުރިއެރުވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެކެވެ.

އެ ކުންފުނިން ފަތުރުވެރިކަން، މަސްވެރިކަން، ދަނޑުވެރިކަން ލައިގެން ޖުމްލަ 8 ދާއިރާއަކަށް ލޯނު ދޫކުރަމުންދާއިރު، ރަށުގައި ތިބެގެން ވެސް އޮންލައިންކޮށް ލޯނަށް ހުށަހެޅޭނެއެވެ.

އަހަރުގެ މިހާތަނަށް ދޫކުރި ލޯނުތަކުގެ ތަފްސީލު
* ރަށު ފަތުރު – 32 ލޯނު – 41.21 މިލިޔަން ރުފިޔާ
* މުރާބަހާ އާރްއެސްޑަބްލިއު ފައިނޭންސިން – 24 ލޯނު – 23.5 މިލިޔަން ރުފިޔާ
* ވިޔަފާރި އެހީ – 56 ލޯނު – 23.1 މިލިޔަން ރުފިޔާ
* ކަނޑުފަޅުގެ ނަފާ – 30 ލޯނު – 8.8 މިލިޔަން ރުފިޔާ
* ހަރު މުދާ – 10 ލޯނު – 7.7 މިލިޔަން ރުފިޔާ
* ފަށާ މަދަދު – 43 ލޯނު – 6.3 މިލިޔަން ރުފިޔާ
* ވިޔަފާރި ތަރައްޤީ – 7 ލޯނު – 3.6 މިލިޔަން ރުފިޔާ
* ފަށާ ވިޔަފާރި – 9 ލޯނު – 1.7 މިލިޔަން ރުފިޔާ
* ދަނޑުވެރި ނަފާ – 6 ލޯނު – 1.1 މިލިޔަން ރުފިޔާ
* ދަނޑުވެރި މަންފާ – 6 ލޯނު – 495,256 ރުފިޔާ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Sme Digital

އެސް.އެމް.އީ ޑިޖިޓަލްގެ ބޯޑަށް މިނިވަން ޑިރެކްޓަރުން ހޯދަނީ

SME

10 މިލިއަން ރުފިޔާއާ ހަމައަށް އެސްއެމްއީ ޑިޖިޓަލްގެ ފައިނޭންސިންގ ލިމިޓް އިތުރުކޮށްފި

އެސްއެމްއީ ޑިޖިޓަލް އިން ޝަރީއާ ހަމަތަކަށް ފެތޭ ފައިނޭންސިންގ ޕްރޮޑަކްޓްތައް ވަނީ ތައާރަފުކޮށްފައި

އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް އިސްލާމިކް މައިކްރޯ ފައިނޭންސިންގ އަށް އެޕްލިކޭޝަން ހުޅުވާލައިފި