ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލް މެދުވެރިކޮށް 49 މަސްވެރިއަކަށް ލޯނު ދޫކޮށްފި

Bml

މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް 49 މަސްވެރިއަކަށް ބޭންކް އޮފް މޯލްޑިވްސްއިން ލޯނު ދޫކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް، މި މަހުގެ 9 ވަނަ ދުވަހާ ހަމައަށް 49 މަސްވެރިއަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ލޯނު ދޫކޮށްފައެވެ. މި ސަރުކާރުގެ މުހިންމު އަމާޒަކީ މަސްވެރިންނަކީ ދައުލަތް ދަންނަ، ޚިދުމަތްތައް ފަސޭހައިން ލިބޭ ބަޔަކަށް ހެދުމެވެ.

މަސްވެރިންނަށް ފައިނޭންސް ލިބޭނެ މަގު ފަހިކުރުމަށް މިދިޔަ އެޕްރީލް މަހު ބީއެމްއެލް އާއި މަސްވެރިކަމާ ބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށް، މެއި 1 އިން ފެށިގެން ލޯނު ދޫކުރަން ފަށާފައިވެއެވެ.

މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އާމްދަނީއަށް ބިނާކޮށް ޕަރސަނަލް ފައިނޭންސިންގ، ކްރެޑިޓް ކާޑު އަދި ގެދޮރު ލޯނު ފަދަ ފެސިލިޓީތައް ލިބެއެވެ.

ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި 300,000 ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިންގ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ.

މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، އަނބުރާ ފައިސާ ދެއްކުމަށް ބޭންކުން ވަނީ ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 އަށް ތާވަލުކޮށްފި

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

Shareef mbl

ބީއެމްއެލްގެ ނަތީޖާ ދޭހަވަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުކަން: ޝަރީފް

B 202510291210131761721813.7746

ބީއެމްއެލްގެ ސުވައިޕް އައްޑޫއަށް ތައާރަފުކޮށްފި