ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިޔާސީ ތާރީޚު ބަދަލުކޮށްލި ބޮޑު ޖަލްސާ؛ 13،000 މީހުންނާއިއެކު މަގުތަށް ފުރިބާރުވެއްޖެ

މިރޭ އޮތް ކޮންގްރެސް ޕާޓީގެ “ދިވެހީންގެ ރާއްޖެ” ބިޔަ ބޮޑު ޖަލްސާ ގައި 13,000 ވުރެ ގިނަ ރައްޔިތުން ބައިވެރިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ އޮތް “ދިވެހީންގެ ރާއްޖެ” ޖަލްސާގައި ތަޤުރީރު ކުރައްވަމުންނެވެ.

ކުރީން ވެސް ބެލެވިފައި އޮތް ގޮތުން މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި މިގޮތަށް ބޭއްވޭނެ އެންމެ ފޯރިގަދަ އަދި އެންމެ ބައިބޯ ޖަލްސާ އެވެ. ޖަލްސާ ފެށުމުގެ ބައިގަޑިއެއްހާއިރު ކުރީން ފެށިގެން މުޅި އާޓިފިޝަލް ބީޗް ސަރަހައްދު އޮތީ ކޮންގްރެސްގެ މެންބަރުންނާއި ސަޕޯޓަރުންނައިގެން ފުރިފަ އެވެ.

އެ ރައްޔިތުން ތިބީ ޤައުމީ ދިދަތަކާއި ކޮންގްރެސް ޕާޓީގެ ދިދަތައް ހިފައިގެންނެވެ. މުޅި އާޓިފިޝަލް ބީޗް ސަރަހައްދާއި މަޖީދީމަގުގެ ބަޔަކާއި ބޮޑުތަކުރުފާނު މަގުން ބައެއް ވަނީ އެއްކޮށް ފުރިފަ އެވެ.

މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ މިއީ ސިޔާސީ ޙަޔާތުގައި މުޅިން އައު ސަފްޙާއެއް ހުޅުވައިލެވޭ ރެއެއް ކަމަށެވެ. މިއީ ސިޔާސީ މިފަދަ ޖަލްސާއެއްގައި އެންމެ ގިނަ ބަޔަކު ބައިވެރިވާ ޖަލްސާކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ މި ބިޔަ ބޮޑު ޖަލްސާ ގައި 13,000 ވުރެ ގިނަ ރައްޔިތުން ބައިވެރިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްްމަދު މުޢިއްޒުގެ ވެރިކަމަށް މި މަހުގެ 17 ވަަނަ ދުވަހަށް ދެ އަހަރު ފުރޭނެ އެވެ. މިއީ ރައީސްގެ ޒަޢާމަތަށް ދެ އަހަރު ފުރުމާއި ދިމާކޮށް ކޮންގްރެސް ޕާޓީން ބޭއްވި ކާމިޔާބީގެ ޖަލްސާ އެކެވެ. މި ޖަލްސާއިން އެމަނިކުފާނުގެ ސަރުކާރަށް ރައްޔިތުންގެ އޮތް ތާޢީދު ވަނީ ވަރަށް ފުރިހަމައަށް ދައްކުވައިދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަންނަމަހު ގިރާވަރުފަޅު ހިއްކާ ނިންމައި، ޖޫންމަހު ގޯތިދޫކުރަން ފަށާނެ

އައްޑޫއަށް ގެއްލުނީ ހިދުމަތުގެ ނަމޫނާ ޝަހުސިއްޔަތެއް: ރައީސް

ފޯޅަވަހި “ޑީލު” ދިވެހި ސަރުކާރުން ބަލައިނުގަނޭ

muiz

ނިސްބަތުން ޓީބީ މަދު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ލިބޭ ފަހުރެއް: ރައީސް