ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަރުކޮޅުފުށީގައި ހުރި އިމާރާތެއްގައި ރޯވެ އަނދައިފި

Dd

ހުޅުމާލެ ދެވަނަ ފިޔަވައްސާ ގުޅިފައި އޮންނަ ފަރުކޮޅުފުށީގައި ހުރި އިމާރާތެއްގައި ރޯވެ އަނދައިފިއެވެ.

އަލިފާން ރޯވެ އަނދަމުން ދަނީ ފަރުކޮޅުފުށީގައި ރިސޯޓު ހިންގި އިރު ބޭނުންކުރި، ވަރަށް ދުވަސްވެފައި ހުރި އިމާރާތެއްގައެވެ.

އެތަނުގައި ރޯވެފައި ވަނީ ހުކުރު ވަގުތު އެވެ. އެ އިމާރާތުގައި ވަރަށް ބޮޑަށް ރޯވެ، ގިނަ އަދަދެއްގެ ކަޅު ދުން އަރާތަން ސޯޝަލް މީޑިއާގައި އާންމުބި ވީޑިއޯތަކުން ފެނެއެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާނުގެ ހާދިސާގެ ރިޕޯޓު ލިބުނީ މެންދުރުފަހު 1:00 ހާއިރު ކަމަށެވެ. އެމްއެންޑީއެފް އިން ކުރި މަސައްކަތުން މިހާރު ވަނީ އަލިފާން ކޮންޓްރޯލްކޮށްފައެވެ.

ފަރުކޮޅުފުއްޓަކީ އެޗްޑީސީގެ ދަށުގައި އޮންނަ ތަނެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު