ކުއްލި ޚަބަރު

ޑްރަގާއެކު އަތުލައިގަތް ލަންކާ ބޯޓުގައި ތިބި ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދަށް

ކާށިދޫ ބޯޓެއް ފަރަށް އަރައި ބިދޭސީއަކު މަރުވެއްޖެ

ބީއެމްއެލް އިން ޕޭއެމްވީ ކިއުއާރު ޓްރާންސްފާ ހިދުމަތް ފަށައިފި

ރާއްޖެ ގުރޫޕުގެ އެއްވަނައިގައި ސެމީ ފައިނަލަށް

ނޮވެންބަރު 10-15 އަށް ވިއެޓްނާމުގައި ކުރިޔަށްދާ ބިލީ ޖީން ކިންގް ކަޕް 2025 ގައި އޭޝިއާ/އޯޝޭނިއާ ގުރޫޕު 3 ގެ އެއްވަނަ ހޯދާ ރާއްޖެއިން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޓެނިސް އަންހެން ވޯލްޑް ކަޕް ކަމުގައި ބަލާ ބިލީ ޖީންސަ ކިންގް ކަޕްގައި ރާއްޖެއިން ވާދަކުރަނީ ނަބާ ނިޝާން، އާރާ އާސަލް އާޒިމް، ނަޔާރާ އުސާމާ ޢަލީ އަދި ޢާއިޝަތު ކަރިން ސައިޒާންއެވެ. ރާއްޖޭ ޓީމުގެ ކެޕްޓަނަކީ ކުރީގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އައިމިނަތު އިރުފާ މާހިރެވެ. ރާއްޖޭގެ ޓީމަށް އިރުޝާދުދެނީ ގައުމީ ޓެނިސް ޓީމުގެ ކޯޗު އީރާނުގެ އަލީ ރިޒާއެވެ.

ގުރޫޕުގެ އެއްވަނައިގައި ރާއްޖެ އޮތްއިރު މިއަދު ވިއެޓްނާމާއި ދެކޮޅަށް ކުޅުނު ސިންގަލްސް 2 މެޗާއި ޑަބަލްސް މެޗުވެސް ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ.

ވިއެޓްނާމާއި ދެކޮޅަށް ކުޅުނު ސިންގަލްސް ފުރަތަމަ މެޗު ރާއްޖޭގެ ނަބާ ކާމިޔާބުކުރީ 6-0، 3-6 އަދި 6-4 ންނެވެ. ސިންގަލްސް ދެ ވަނަ މެޗު އާރާ ކާމިޔާބުކުރީ 6-7، 6-3 އަދި 6-2 ންނެވެ.

7 ޓީމު ބައިވެރިވި މި މުބާރާތުގައި ދެ ގުރޫޕަކަށް ޓީމުތައް ބަހާލާފައިވާއިރު ރާއްޖެ ހިމެނޭ ގުރޫޕުގައި ދެން ހިމެނެނީ ބަހްރެއިން އަދި ވިއެޓްނާމެވެ.
ބަހްރެއިން އަތުން ރާއްޖެ މޮޅުވެފައިވަނީ 3-0 އަދި ވިއެޓްނާމު އަތުންވެސް ރާއްޖެ މޮޅުވީ 3-0 ންނެވެ.

ފައިނަލްގެ ޖާގަ ކަށަވަރުކުރަން މާދަމާ ސެމީފައިނަލްގައި ރާއްޖެ ނިކުންނާނީ ޖޯޑަންއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓެނިސް ޓީމު ވިއެޓްނާމްއަށް

ނެޝަނަލް ޓެނިސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފި

ގައުފު ބަލިކޮށް ޕައޮލީނީ ޗެމްޕިއަންކަން ހޯދައިފި

އިޓާލިއަން އޯޕަންގެ ފައިނަލަށް ސިނާ އާއި އަލްކަރޭޒް

TTH_advertisement