ކުއްލި ޚަބަރު

އެންމެންނަށް ބޯހިޔާވަހިކަން ސިޔާސަތު އިފްތިތާހުކޮށްފި

އަތޮޅު ކައުންސިލްތައް އުވާލައި ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލިހަށް ހުށަހަޅައިފި

ސިނގިރޭޓް ވައްކަމާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފި

މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އީ-ވިސާ އަށް ހުށަހެޅޭނެ

immigration

މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އީ-ވިސާއަށް އެދި ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިމަހުގެ 10 ވަނަ ދުވަހު، މޯލްޑިވްސް އިމިގްރޭޝަންގެ އައު މޯބައިލް އެޕްލިކޭޝަނާއި ފޭޝަލް ރިކޮގްނިޝަން އެޕްލިކޭޝަން އަދި “އީ-ވިސާ” އިފްތިތާޙްކޮށްދެއްވާފައެވެ.

އިމިގްރޭޝަނުން ވިދާޅުވީ، މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އީ-ވިސާއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ނިންމާފައިވަނީ ޚިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކަށް އެ މަރުހަލާއަށް ތައްޔާރުވުމަށް ފުރުޞަތުު ދިނުމުގެ ގޮތުން ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި އީ-ވިސާއަށް އެދި ހުށަހެޅުމަށް އަމަލުކުރަންޖެހޭ ގޮތުގެ ތަފްސީލީ ޓިއުޓޯރިއަލްތައް އިމިގްރޭޝަންގެ އެކި ޕްލެޓްފޯމްތަކުގައި ޝާއިކުރާނެ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، މިމަހުގެ 20ގެ ނިޔަލަށް މިހާރުވެސް ޢަމަލުކުރަމުންދާ ގޮތަށް ވިސާއަށް އެދި ޕާސްޕޯޓު ހުށަހެޅޭނެ ކަމަށެވެ. އަދި މިމަހުގެ 23ގެ ފަހުން ވިސާ ޖެހި ނަމަވެސް އިމިގްރޭޝަނުން ނުނަގާ ހުރި ޕާސްޕޯޓުތައް ދޫކުރާނެ ކަމަށެވެ. އިމިގްރޭޝަނުން ވަނީ، ވިސާ ޖެހުމަށްފަހު ނުނަގާ ހުރި ޕާސްޕޯޓުތައް ވީ އެންމެ އަވަސް ފުރުޞަތެއްގައި ނެގުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި ދިރިއުޅޭ ބިދޭސީނަށް ދޫކުރާ ހުއްދަ ނުވަތަ ވިސާގެ ކަންކަން ކުރުމަށް މީގެ ކުރިން ވަރަށް ގިނަ ވަގުތު ނަގައެވެ. އެހެންނަމަވެސް އަލަށް ތަޢާރަފްކުރި “އީ-ވިސާ”ގެ ޚިދުމަތާއެކު ވިސާގެ ކަންކަން ކުރުމަށް މީގެ ކުރިން އިމިގްރޭޝަނަށް ދާން ޖެހޭ ޖެހުން ނިމުމަކަށް އައިސް، ފަސޭހަކަމާއެކު އޮންލައިންކޮށް ވިސާގެ އެންމެހާ ކަންކަން ކުރެވިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ii

ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 66 ބިދޭސީއަކު މާލެއިން އަތުލައިގެންފި

ޑިޖިޓަލައިޒްވުމާއެކު އިމިގްރޭޝަން ޚިދުމަތްތަކަށް އިންގިލާބީ ބަދަލެއް އަންނާނެ: އިޙްސާން

Muaz

އިމިގްރޭޝަންގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށްފި

ޤަވާއިދާ ޚިލާފަށް އުޅުނު 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

TTH_advertisement