ކުއްލި ޚަބަރު

ވިލިމާލެ ހޮސްޕިޓަލް އަޅަން ކޮންޓްރެކްޓަރަކު ހޯދަން ސޮއިކޮށްފި

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ކަމަށް ހަސަން ޝާކިރު

ބޭރު ޤައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓައިޕަންޑް މުރާޖަޢާ ކުރަނީ

މުޅި ރާއްޖޭގެ ޞިއްޙީ ހާލަތު ދެނެގަތުމަށް އަންނަ އަހަރު ދިރާސާއެއް ފަށަނީ

މުޅި ރާއްޖޭގެ ޞިއްޙީ ހާލަތު ދެނެގަތުމަށް އަންނަ އަހަރު ދިރާސާއެއް ހެދުމުގެ މަސައްކަތް ފެށޭނެކަން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ހާމަކުރައްވައިފިއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ، މި ދިރާސާ ހެދުމަށް ޔުނިސެފާއެކު ފަހުމުނާމާއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަލްޓިޕްލް އިންޑިކޭޓަރ ކްލަސްޓަރ ސަރވޭގެ ނަމުގައި ކުރިއަށްގެންދާ މި ދިރާސާއަކީ، ޞިއްޙީ ވުޒާރާއާއި ޔުނިސެފް މޯލްޑިވްސް ކަންޓްރީ އޮފީހާއި ގުޅިގެން ކުރިއަށްގެންދާ ދިރާސާއެކެވެ. މި ދިރާސާ ކުރިއަށް ގެންދިއުމަށް އެކަމުގެ ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. އެވުޒާރާގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ، ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމެވެ. ޔުނިސެފްގެ ފަރާތުން ސޮއިކުރެއްވީ، ޚާއްސަ މަންދޫބު ޑރ. އެޑްވަރޑް އަޑާއީއެވެ.

ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވީ، ޤައުމުތަކުގެ އިޤުތިޞާދު ކުރިއަރުވައި، ސިޔާސަތުތައް އެކުލަވާލުމުގައި ތަފާސްހިސާބަކީ މުހިންމު އެއްޗަކަށްވާއިރު، ޞިއްޙީ ދާއިރާއިން މިގޮތަށް އެއްކޮށްފައި ހުރި އަދާހަމަ ތަފާސްހިސާބެއް ނެތް ކަމަށެވެ. އެހެންކަމުން އަލަށް ހަދައި ދިރާސާއާއެކު ޞިއްޙީ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމަށާއި، ފެންވަރު ރަނގަޅުކުރަންވީ ކަންކަން ދެނެގަނެވި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާޞިލުވުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ކްލަސްޓަރ ސަރވޭއަކީ ބައިނަލްއަޤުވާމީ ފެންވަރުގައި އާބާދީއާއި ޞިއްހަތާ ގުޅުންހުރި މިންގަނޑުތަކާއި އާބާދީގެ މައިގަނޑު ސިއްޙީ ހާލާތާއި، ސިއްޙީ ޚިދުމަތްތަކުގެ ހާލަތު ދެނެގަތުމަށް ކުރާ ދިރާސާއެއް ކަމަށެވެ. އަދި މިއީ ޔުނިސެފްގެ އެހީގައި ވަރަށް ގިނަ ޤައުމުތަކުގައި ކުރާ ދިރާސާއެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

“އަންނަ އަހަރުގެ ކުރީކޮޅު ދިރާސާގެ މަސައްކަތް ފެށިގެންދާނެ. ބޭނުމަކީ ޞިއްޙީ ހާލަތު ދެނެގަނެ ސިއްހީ ދާއިރާގެ ދުރު ރާސްތާ ޕްލޭނާއި، ސިޔާސަތުތަކަށް ބޭނުންވާ މަޢުލޫމާތު އެއްކުރުން.” ވަޒީރު

ވަޒީރު ވިދާޅުވީ، އެންމެ ފަހުން ރާއްޖޭގެ ޞިއްޙީ ޙާލަތާ ގުޅޭގޮތުން ދިރާސާއެއް ކުރިއަށް ގެންގޮސްފައިވަނީ، 2017 ވަަނަ އަހަރު ކަމަށެވެ. އަދި އޭގެފަހުން މިފަދަ ދިރާސާއެއް ހަދާފައެއްނުވެއެވެ. އެހެންކަމުން ޞިއްޙީ ދާއިރާގެ ކުރިއެރުމަށް ކުރަންވީ ކަންކަން ދެނެގަތުމުގައި މިހާރު ދަތިތަކެއް ދިމާވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، މި ދިރާސާގައި އާބާދީގެ ޞިއްހަތާއި، ދަރިމައިވުމުގެ ޞިއްހަތާއި، ކުޑަކުދިން ހެދިބޮޑުވަމުންދާ މިންވަރާއި، ދިވެހިން ޢާންމުކޮށް ކައިބޮއެ އުޅޭ ތަކެއްޗާ ބެހޭ މަޢުލޫމާތު އެއްކުރެވޭނެ ކަމަށެވެ. އަދި މި ދިރާސާ ހުރިހާ އަތޮޅެއްގައިވެސް ކުރިއަށް ގެންދެވޭނެ ކަމަށާއި، 6000 ގޭބިސީއަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister nazim

ރާއްޖޭގައި ކެންސަރު ބަލި އާންމުވަމުންދާ ސަބަބު އަދި ނޭނގޭ: ނާޒިމް

ޞިއްޙީ ޚިދުމަތް ތަރައްޤީކުރަން އައިއެސްޑީބީ އިން 6.2 މިލިޔަން ރުފިޔާގެ ހިލޭ އެހީއެއް

ގައްދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި

ދުންފަތުގެ އިސްތިމާލު ނުކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅާނީ ބައިނަލްއަޤުވާމީ މިންގަނޑުތަކުން: ނާޡިމް

TTH_advertisement