ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކާށިދޫ ބޯޓެއް ފަރަށް އަރައި ބިދޭސީއަކު މަރުވެއްޖެ

778
ކާށިދޫގެ ބޯޓް ފަރަށް އަރާފައި

ކ. ކާށިދޫގެ މުދާ އުފުލާ ބޯޓެއް އެ ރަށު ފަރަށް އަރައި، އެ ބޯޓުން ދަތުރުކުރަމުން ދިޔަ މީހަކު ގެއްލިގެން ހޯދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ކާށިދޫ އަށް ދަތުރު ކުރި ‘ފައިސަލާ’ ބޯޓު، ކާށިދޫގެ ފަރަށް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ސިފައިން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

އެ އުޅަނދުން 11 މީހުން ދަތުރުކުރި ކަމަށާއި، އޭގެތެރެއިން 10 މީހުން ފުލުހުން ވަނީ ސަލާމަތްކޮށްފައެވެ. ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މަރުވެފައި އޮއްވައި އެ ރަށުގެ ފަރުމަތިން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި މަރުވީ ބަނގުލަދޭޝް މީހެއް ކަމަށްވާ އެމްޑީ އަލަމްގީރް، 30 އެވެ.

އެ ދޯނި ފަރަށް އެރީ، މިރޭ 20:00 ހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަނދަމުންދާ ދޯނީގެ އަލިފާން ވަނީ މިހާރު ކޮންޓްރޯލް ކުރެވިފައި: އެމްއެންޑީއެފް

ކޮނޑޭ އަދި ކާށިދޫގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރުމުގެ ފުރުސަތު ހުޅުވާލައިފި

66

ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފި

kaashidhoo

ކ. ކާށިދޫ ފަޅާއި ނ. ފަރުމުލީގައި ރިސޯޓު ތަރައްޤީކޮށް ހިންގުމަށް ހުޅުވާލައިފި