ހުޅުމާލޭ ފަޅުތެރޭގައި އޮތް އުޅަނދެއްގައި އަލިފާން ރޯވެއްޖެއެވެ.
މެރިން ޕޮލިހުން ބުނިގޮތުގައި ރޯވެފައި ވަނީ ތެޔޮ އުފުލާ އުޅަނދެއްގައެވެ.
މި ހާދިސާ ހިނގާފައި ވަނީ މެންދުރު 12:55 ހާއިރުކަމަށް ވެސް ފުލުހުން ބުންޏެވެ.
”މި ހާދިސާ ހިނގައިގެން މެރިން ޕޮލިހުން ދަނީ ހަރަކާތްތެރިވަމުން” ފުލުހުން ބުނެފަވެއެވެ.
ނަމަވެސް އެމްއެންޑީއެފުން ބުނީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ”ލޯންޗެއް”ގައި ރޯވެގެން ސިފައިންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު