ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލް އިން ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމަށް ކުރާ މަސައްކަތް މާސްޓާކާޑުން ފާހަގަކޮށް އަގުވަޒަންކޮށްފި

Whatsapp image 2025 11 11 at 10.47.47

ބޭންކް އޮފް މޯލްޑިވްސް އިން ޑިޖިޓަލް ކަންޓްރީ ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި އީޖާދީ ބަދަލެއް ގެނައުމަށް ކެނޑިނޭޅި ކުރާ މަސައްކަތް ފާހަގަކޮށް މާސްޓާކާޑުން އެކަމުގެ އަގުވަޒަންކޮށްފިއެވެ.

ސިންގަޕޫރުގައި ބޭއްވި ‘ޑިޖިޓަލް ފައިނޭންސް ލީޑަރޝިޕް’ އިވެންޓެއްގައި މި އެވޯޑް ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާ ހަވާލުކޮށްދެއްވީ މާސްޓަރކާޑްގެ ސްރީލަންކާ އަދި ރާއްޖޭގެ ކަންޓްރީ މެނޭޖަރ، ސަންދުން ހަޕުގޮޑާއެވެ.

2025 ވަނަ އަހަރުގެ އޮގަސްޓް މަހު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި މާސްޓާކާޑު އަދި ބޭންކް އޮފް މޯލްޑިވްސްއާއެކު ސޮއިކުރެވުނު ‘ޑިޖިޓަލް ކަންޓްރީ ޕާޓްނަރޝިޕް’ އަކީ، ދިވެހިރާއްޖޭގައި ޑިޖިޓަލް ބަދަލުތައް ގެނައުމަށާއި، އީޖާދީ ކަންކަން ކުރިއެރުވުމަށް ބީއެމްއެލްއިން ވެފައިވާ ވައުދު ފުއްދުމަށް ކުރާ މަސައްކަތްތަކުގެ ރަމްޒެކެވެ. މި ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ޒަމާނީކުރުމަށާއި، ރައްކާތެރި، އަދި ހަލުވި ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށް، އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި، މުޖުތަމަޢުތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ބީއެމްއެލްއާއި މާސްޓަރކާޑް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

2002 ވަނަ އަހަރު މާސްޓަރކާޑުގެ ޕްރިންސިޕަލް މެންބަރަކަށް ވުމަށް ފަހު، ރާއްޖޭގެ ފައިސާ ދެއްކުމުގެ ނިޒާމަށާއި، މާލީ ދާއިރާއަށް ބޮޑެތި ބަދަލުތައް ގެނައުމަށް ބޭންކް އޮފް މޯލްޑީވްސް އާއި މާސްޓަރކާޑު ގުޅިގެން ގިނަ މަޝްރޫއުތަކެއްގައި މަސައްކަތްކޮށްފައެވެ. މިގޮތުން، އީޖާދީ ‘ސްމާޓް ސިޓީ’ ހައްލުތަކުގެ ތެރެއިން، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގައި ފައިސާ ދެއްކޭނެ ހާއްސަ އިންތިޒާމެއް ހަމަޖެއްސުން ހިމެނެއެވެ.

މާސްޓާކާޑްގެ ފަރާތުން މި އެވޯޑް ލިބުމަކީ، ސްޓްރެޓީޖިކް ޕާޓްނަރޝިޕްތައް ބިނާކޮށް، ޓެކްނޮލޮޖީއާއި އެއްބާރުލުމުގެ ބޭނުންކޮށްގެން އީޖާދީ ޑިޖިޓަލް ހައްލުތައް ހޯދައި ރާއްޖޭގެ އިޤްތިޞާދާއި ޓެކްނޮލޮޖީ ކުރިއަރުވަން ބޭންކުން އަދާކުރާ އިސް ދައުރުގެ ހެއްކެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 އަށް ތާވަލުކޮށްފި

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

Shareef mbl

ބީއެމްއެލްގެ ނަތީޖާ ދޭހަވަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުކަން: ޝަރީފް

bml

ފަހު ދިހައެއްގައި ބީއެމްއެލުން ޚިދުމަތް ލިބޭނީ މި މަހުގެ 11، 18ގައި