ހެއްކާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުން ބަލައިގަނެފިއެވެ. މި ބިލު ބަލައިގަތީ ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލު ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝިއަރީ ކޮމެޓީއަށް ފޮނުވައިފައިވާއިރު، މެންބަރުން ބަހުސްކުރައްވަމުން ފާހަގަކުރެއްވީ ޒަމާނީ ބަދަލުތަކާއި އެއްގޮތަށް މި ގާނޫނު އިސްލާހުކުރުމުން އެކަށީގެންވާ އަވަސްމިނެއްގައި އިންސާފު ގާއިމުކުރެވޭނެ ކަމަށެވެ.
ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު އަސްލަމް ވިދާޅުވީ ކޯޓުތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ހެކި އެއްކުރުމާއި ސައްހަކަން ކަށަވަރުކުރުމުގައި ދިމާވާ ހުރަސްތައް މި އިސްލާހުތަކުން ނައްތާލެވޭނެ ކަމަށެވެ. އަދި ޖިނާއީ މައްސަލަތަކުގައި ޗެއިން އޮފް ކަސްޓަޑީ ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކާއި، އިޖުރާއަތުގެ މައްސަލަތަކުގެ ސަބަބުން މައްސަލަތައް ލަސްވުން ހައްލުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ހެއްކާ ގުޅޭގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތަކަށްވެސް ހައްލު ލިބޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު