ކުއްލި ޚަބަރު

މަދީނާގައި ހިނގި ބަސް އެކްސިޑެންޓެއްގައި އިންޑިއާގެ 42 އުމްރާ ވެރިން މަރުވެއްޖެ

ސަރުކާރުގެ ފުރަތަމަ ފްލެޓު ސްކީމަށް 4 ޖެނުއަރީން ފެށިގެން ކުރިމަތިލެވޭނެ

ސަރުކާރުގެ ފުރަތަމަ ސްކީމުން 15000 ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފި

އެންއައިސީން ތަހުގީގް ކުރާ ފުލުހުންގެ މައްސަލަތަކުގެ މައުލޫމާތު ހޯދުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

990

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ތަހުގީގް ކުރާ މައްސަލަތަކުގައި ފުލުހުންގެ ފަރާތުން މައުލޫމާތު ހޯދުމާއި ގުޅޭ މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުން ކުރިއަށް ދިޔައީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާގައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި ބައްދަލުވުމުގައި، ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ދެ އިދާރާ ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި ފުލުހުންނާ ގުޅޭގޮތުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގައި ފުލުހުންގެ ފަރާތުންނާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުން ބޭނުންވާ މައުލޫމާތު ހޯދުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މީގެ އިތުރުން، ދެ އިދާރާގައި މައްސަލަތައް ތަހުގީގުކުރާ މުވައްޒަފުންނަށް މައުލޫމާތު ދިނުމަށާއި ތަމްރީނުދިނުމުގެ އިތުރުން ތަހުގީގުކުރުމުގައި ދެ އިދާރާއިން ވެސް ގެންގުޅޭ އުސޫލުތަކަށް އެ މުވައްޒަފުން އަހުލުވެރިކުރުވުމަށް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރެއްވިއެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި، ޑިޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑު ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއާއި، ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަޠީހް އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ޝުއައިބް އަބްދުއް ރަޙްމާންއާއި އެ ކޮމިޝަންގެ އެހެނިހެން މެންބަރުން ބައިވެރިވެލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

778

ސިނގިރޭޓް ވައްކަމާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފި

Dd

ކަނޑުމަގުން ޑްރަގް އެތެރެކުރުމުގެ ތުހުމަތުގައި 16 މީހަކު ހައްޔަރުކޮށްފި

Dd

މާލެއިން ބިދޭސީއަކު ގެއްލިގެން ހޯދަނީ

Ii

މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ

TTH_advertisement