ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލްއިން މިއަހަރު 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

bml

ބޭންކް އޮފް މޯލްޑިވްސް އިން މި އަހަރުގެ މިހާތަނަށް ޖުމުލަ 6.5 ބިލިއަން ރުފިޔާ ގެ ލޯނު ދޫކޮށްފައިވާކަމަށް، އެ ބޭންކުން އާންމުކުރި ތިންވަނަ ކުއާޓަރު (Q3) ގެ މާލީ ނަތީޖާއިން ދައްކައިފިއެވެ.

ބީއެމްއެލްގެ މާލީ ބަޔާނުގައިވާ ގޮތުން، މި އަދަދުގައި ހިމެނެނީ އަމިއްލަ ފަރުދުންނަށާއި ވިޔަފާރިތަކަށް ދޫކުރެވިފައިވާ ޖުމްލަ ލޯނުތަކެވެ. ލޯނުގެ ދޫކުރުން އިތުރުވެފައިވުމަކީ، ގައުމީ އިގްތިސާދާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ބޭންކުން ފޯރުކޮށްދެމުންދާކަން ހާމަވާ ކަމެކެވެ. މީގެ އިތުރުން، މި އަހަރުގެ Q3 ގައި ބޭންކަށް ލިބިފައިވާ އޮޕަރޭޓިންގ ފައިދާ އަކީ 791 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ. ތިންވަނަ ކުއާޓަރުގެ ސާފު ފައިދާ އަކީ 475 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، ބީއެމްއެލްގެ ޖުމްލަ އެސެޓް ވަނީ 51.5 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި، ކަސްޓަމަރުން ބޭންކަށް ޖަމާކޮށްފައިވާ ޑިޕޮސިޓްގެ ޖުމްލަ އަދަދު ވަނީ 33.7 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މި ނަތީޖާތަކަކީ ބޭންކުގެ މާލީ ހައިބަތު ދައްކުވައިދޭ ނަތީޖާތަކެއް ކަމަށާއި، ގައުމީ ތަރައްގީއަށް ބޭންކުން ވެދެމުންދާ އެހީތެރިކަމާ މެދު ފަހުރުވެރިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 އަށް ތާވަލުކޮށްފި

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

Shareef mbl

ބީއެމްއެލްގެ ނަތީޖާ ދޭހަވަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުކަން: ޝަރީފް

B 202510291210131761721813.7746

ބީއެމްއެލްގެ ސުވައިޕް އައްޑޫއަށް ތައާރަފުކޮށްފި