ކުއްލި ޚަބަރު

ޕިކްނިކް އައިލެންޑް ޤާއިމުކުރުމަށް ބޭނުންވާ ކޮންސަލްޓެންސީގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަނީ

އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މަޖިލީހުގެ ރައީސް މާލެ ވަޑައިގެންފި

ގައުމުގައި ނަމޫނާ ދައްކާފައި ތިއްބެވި ލީޑަރުންގެ ފަހަތުގައި ތިބެންޖެހޭ: ނައިބު ރައީސް

ފޭދޫގައި ‘އިސްރަށްވެހިންގެ ހިޔާވަހި’ ތަރައްޤީކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އައްޑޫ ސިޓީ ފޭދޫގައި ‘އިސްރަށްވެހިންގެ ހިޔާވަހި’ ތަރައްޤީކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުން އެކުލަވާލާފައިވަނީ، އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ލިޓަސް އޮޓޯމޮބައިލްސް ޕްރައިވެޓް ލިމިޓެޑާ ދެމެދުއެވެ.

އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަރުކަޒުތަކުގެ މައިގަނޑު މަޤުޞަދަކީ ދައުލަތުގެ ބެލުމުގެ ދަށުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ އިސްރަށްވެހިންނަށް ބޭނުންވާ ފެންވަރު ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. ހަމަ އެހެންމެ، މި އިސްރަށްވެހިންގެ ހިޔާތަކުން އެފަރާތްތަކަށް ޚާއްޞަ ކުރެވިގެން އުފާވެރިކަމާއި ހިތްހަމަޖެހުމާއެކު އުމުރުގެ ދުވަސްތައް ހޭދަކުރެވޭނެ ފަދަ މާޙައުލެއް ޤާއިމުކުރެވިގެންދާނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ 3 ސަރަޙައްދެއްގައި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ، އޯގާތެރިކަމާއެކު ބަލަހައްޓައިދޭ މަރުކަޒުތައް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގެއްލުނު ރާއިދާ ފެނިއްޖެ، ހާލު ރަނގަޅު

Izaam

ފޭދޫން ގެއްލުނު ކުއްޖާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

Mal

ފޭދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

TTH_advertisement