ކުއްލި ޚަބަރު

ވިލިމާލޭ ޕޮލިސް ސްޓޭޝަންގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓް ކާޓޫންތަކެއް ވަގަށް ނަގައިފި

އިސްރާއީލުގެ އަނިޔާވެރި އަމަލުތައް ނިމުމަކަށް ގެންނަން ފިޔަވަޅު އެޅުމަށް ރާއްޖެއިން ގޮވާލައިފި

މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާކަމުގެ ތުހުމަތު އޮތް މީހާ 15 ދުވަހަށް ބަންދުކޮށްފި

ވިލިނގިލީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު މަރުވެއްޖެ

990

ގއ. ވިލިނގިލީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ވިލިނގިލީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ވިކާޝް އަހުމަދަށް އިތުރު ފަރުވާދިނުމަށް މިދިޔަ އަންގާރަ ދުވަހު މާލެ ގެނައެވެ. ނަމަވެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ވަނީ މަރުވެފައެވެ.

މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައި ވަނީ އޭނާގެ ޖަނާޒާ ބާއްވާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވިކާޝް އެކްސިޑެންޓްވީ އޭނާ ދުއްވި ސައިކަލުން ގެއެއްގެ ފާރުގައި ޖެހިގެން ކަމަށެވެ. އަދި އޭނާ ވެއްޓިފައި އޮއްވާ ފެނުނީ ރަށުތެރެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންނަށް، އެ ރޭ މެންދަމު 1:30 ހާއިރުއެވެ.

ވިކާޝް އަކީ ފިޓް ޖެހުމުގެ މައްސަލަތައް ވެސް ތަހަންމަލް ކުރަމުން އައި ޒުވާނެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިލިނގިއްޔަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

1551345853

ވިލިނގިލީ ރައްޔިތުން ސުލްޙަވެރި އިޙްތިޖާޖެއް ބޭއްވުމަށް ނިންމައިފި

Villingili Qiojmykmf34968yrsxz41ab2t6f0xwbpzbfcp1x5k2

ވިހެއުމަށްފަހު މަންމައާއި ދަރިފުޅު ނިޔާވި މައްސަލަ ފުލުހުން ޖިނާއީ ތަޙުޤީޤެއް ފަށައިފި

TTH_advertisement