ކުއްލި ޚަބަރު

ކުރިން ދޫކޮށްފައިވާ ގޯތިތަކަށް ދައްކަންޖެހޭ ފައިސާގެ ބައެއް އުނިކުރާނަން: ރައީސް

ހުޅުމާލެ ފޭސް ތިނަކާއި ފަރުކޮޅުފުށި ގުޅުވާލައިފި

ހިޔާ ޓަވަރެއްގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފި

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

Dd

ޔާސް އިންވެސްޓްމަންޓް އިން، ތައްޔާރުކޮށް ވިއްކާ “ފޮނި ފޯއް ޕެކެޓުގެ ލޭބަލުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ހުއްދަ ލިބިފައިވާ ކަމަށް ޖަހައިފައިވަނީ ހުއްދަ ނުދެނީސް ކަމަށް އެ އޮތޯރިޓީން މިއަދު ބުނެފިއެވެ.

އެމްއެފްޑީއޭއިން ބުނީ ، މި އުފެއްދުމަކީ، އެ އޮތޯރިޓީން ފާސްކޮށް ހުއްދަ ދީފައިވާ އުފެއްދުމެއް ނޫންކަމަށެވެ.

އެމްއެފްޑީއޭއިން ބުނީ ކާބޯތަކެތި އުފައްދާ ތައްޔާރުކޮށް އަދި ޚިދުމަތް ފޯރުކޮށްދޭ ތަންތަނަށް އެ އޮތޯރިޓީން ހުއްދަ ދޫކުރިކަމުގައިވީ ނަމަވެސް މިފަދަ ތަންތަނުން އުފައްދާ ވަކި ވަކި އުފެއްދުންތައް ފާސްކޮށް ހުއްދަ ދޫނުކުރާކަމަށެވެ.

އެހެންކަމުން “އެމްއެފްޑީއޭއިން ހުއްދަ ދީފައި” ފަދަ އިބާރާތްތައް ބޭނުންކޮށްގެން ވިއްކުމަކީ އެތަކެތި ގަންނަ އަދި ބޭނުންކުރާ ފަރާތްތަކަށް އޮޅުންއަރާ ކަމެއް ކަމުގައި ވާތީ މިފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށް އެ އޮތޯތިޓީންވަނީ އިލްތިމާސްކޮށްފައެވެ.

އަދި މިގޮތަށް އަމަލުކުރާ ފަރާތްތަކާ މެދު ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ii

ސަމާލުވޭ! ތައިލޭންޑާއި އިންޑިއާގައި އުފައްދާ ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް

MPL

ހެލްތު ސެޓްފިކެޓް ނެތި ކާބޯތަކެތީގެ ޝިޕްމަންޓަށް ކްލިއަރެންސް ދިން ދެ މުވައްޒަފަކަށް ދައުވާކޮށްފި

Ii

ޖަރާސީމު ހުރި އިންފެންޓް ފޯމިއުލާއެއް ރާއްޖެ އެތެރެކުރުމާއި ވިއްކުން މަނާކޮށްފި

MFDA

ކާބޯތަކެތީގެ ހިދުމަތްދޭ 70 ތަނެއް ބަންދުކޮށްފި

TTH_advertisement