ކުއްލި ޚަބަރު

އެމްޕީއެލްގެ އެތެރޭގެ ތަހުގީގު: ކޮޅުވެއްޓީގެ ކެޕްޓަންގެ އަތުގައި ލައިސަންސެއް ނެތް

ސްޓެލްކޯގެ ވިއުގަ އަޕްގްރޭޑް ކުރާތީ މިއަދުވެސް މާލެއިން ކަރަންޓް ދާނެ

އައްޑޫ ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރަން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި

އެމްޕީއެލްގެ އެތެރޭގެ ތަހުގީގު: ކޮޅުވެއްޓީގެ ކެޕްޓަންގެ އަތުގައި ލައިސަންސެއް ނެތް

Mal

މި މަހުގެ ދެވަނަ ދުވަހު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ދެ މީހަކު މަރުވި ހިތާމަވެރި ހާދިސާގައި ހިމެނޭ ކޮޅުވެއްޓީގެ ކެޕްޓަނަކަށް ހުރީ އެފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް އޮތް ފަރާތެއް ނޫންކަން އެމްޕީއެލްގެ އެތެރޭގެ ތަހުގީގުން ހާމަވެއްޖެއެވެ.

އެ މައްސަލައާ ގުޅިގެން ހިންގި އެތެރޭގެ ތަހުގީގުން މިހާތަނަށް ހޯދުނު ހޯދުންތައް ހާމަކުރުމުގެ ގޮތުން އެމްޕީއެލް އިން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ.

އެމްޕީއެލް އިން ބުނީ އެ ދުވަހުގެ އޮޕަރޭޝަނުގައި ދެ އެކްސްކެވޭޓަރު އެރުވުމަށް މުދާ އެތެރެކުރި ފަރާތުން ހަމަޖެއްސި ކޮޅުވެއްޓި ދުއްވަން ހުރި ކެޕްޓަނަކީ އެފަދަ އުޅަނދަކަށް މުދާ ބަރުކުރުމަށް އިރުޝާދު ދިނުމުގެ ގާބިލުކަން ލިބިފައިވާ ފަރާތެއް ނޫން ކަމަށެވެ. އަދި ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ އަތުގައި މިފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް އަދި ނިޔަމިކަމުގެ ސެޓްފިކެޓް ނެތްކަމަށް އެ ބަޔާނުގައިވެއެވެ.

އެ ހިތާމަވެރި ހާދިސާގައި މަރުވެފައި ވަނީ ގއ. ގެމަނަފުށި، ދިލްބަހާރުގެ، އަހްމަދު އަފްލާހު އަބްދުﷲ އާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މަސްއޫދު ހޮސައިންއެވެ.

ކޮޅުވެއްޓީގެ ސަލާމަތާއި އެހެނިހެން ކަންތައްތައް ގަވާއިދަށް ފެތުނު ނަމަވެސް، މުދާ ބަރު ކުރާ ޑެކްގައި ލަކުޑި އަޅާފައިނުވުމާއި، ދަގަނޑު ޑެކެއް އޮތުމުން މިފަދަ ތަކެތި ބަރުކުރުމާއި އެ މުދާ ބަރުކޮށްގެން ދަތުރުކުރާއިރު، ކަހާލުމުގެ ފުރުސަތު އޮތްކަމަށް އެމްޕީއެލް އިން ފާހަގަކުރިއެވެ. އަދި އެއީ ކޮޅުވެއްޓީގެ ސްޓެބިލިޓީ ގެއްލިދާނެ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އެ ކުންފުނިން ބުނީ އޮޕަރޭޝަންސްތަކުގައި އެ އުޅަނދުގައި މުދާ ބެހެއްޓުމުގައި އެ އުޅަނދުގެ ސްޓެބިލިޓީ ކަށަވަރުކުރުމުގެ ޒިންމާ ހެދިފައި ހުރި ގަވާއިދުތަކުގެ ތެރެއިން، ކަށަވަރުކޮށްދޭންޖެހޭ ފަރާތަކީ އުޅަނދު ކެޕްޓަންކަމަށް ވީ ހިނދު، އެ ފަރާތުން ދީފައިވާ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ދެ އެކްސްކެވޭޓަރު ކޮޅުވެއްޓީގައި ބެހެއްޓުމަށްފަހު، ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ ހުއްދައާއެކު މަސައްކަތް ނިންމާލައި، އެކަމަށް ބޭނުންކުރި އާލާތްތައް ކާގޯ ބޯޓަށް ނަގާފައިވާ ކަމަށެވެ.

ނަމަވެސް މަސައްކަތް ނިންމާލި ފަހުން، އަނެއްކާވެސް ކޮޅުވެއްޓީގެ ކެޕްޓަންގެ އެދުމުގެ މަތިން އެ އުޅަނދުގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރު ޕޯޓްު ފަރާތަށް ޖެއްސުމާ ގުޅިގެން، އުޅަނދުގެ ސްޓެބިލިޓީ ގެއްލުމަކީ ކޮޅުވެއްޓި ބަންޑުން ޖެހުމަށް މެދުވެރިވި ސަބަބު ކަމަށް އެ ބަޔާނުގައިވެއެވެ.

ކޮޅުވެއްޓޮ ބަންޑުން ޖަހާލި ވަގުތު އެ އުޅަނދުގައި ތިބި އެމްޕީއެލްގެ 10 މުވައްޒަފުން ވަނީ މޫދަށް ވެއްޓި، އެކި ވަރުގެ އަނިޔާތައް ލިބިފައި ކަމަށް އެ ކުންފުނިން ބުންޏެވެ.

“އެމްޕީއެލްގެ މުވައްޒަފުން އެ އުޅަނދުގައި އެ ވަގުތު ތިބެން މެެދުވެރިވި ސަބަބަކީ މަސައްކަތް ނިންމާލުމަށްފަހު، މުވައްޒަފުން އަނބުރާ މާލޭ ވިޔަފާރި ބަނދަރަށް އައުމަށް އަރަންޖެހޭ ޓަގު ބޯޓަށް އެރެން އޮތީ ލޭންޑިން ކްރާފްޓް ގިރާކޮށްފައި ކަމުގައިވުން،” އެމްޕީއެލްގެ ބަޔާނުގައިވެއެވެ.

މީގެއިތުރުން ކޮޅުވެއްޓިއަށް ދެ އެކްސްކެވޭޓަރު ބޭލުމުގެ އޮޕަރޭޝަންސްތައް އެ ކުންފުނިން ފުރިހަމަކޮށް، ނިންމާފައިވަނީ މިފަދަ އޮޕަރޭޝަންސްތަކުގައި މި ވަގުތު އަމަލުކުރަމުންދާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެމްޕީއެލް އިން ބުންޏެވެ.

“މިފަދަ ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންސްތަކުގައި ކޮންސައިނީ (މުދާ ގެންނަ ފަރާތުން) މުދާ ބަރުކުރުމަށް ފޮނުވާ އުޅަނދުތަކުގެ ކެޕްޓަނާއި ފަޅުވެރިން ފެންވަރު ވަޒަންކުރުމާއި ލައިސްނަސް ޗެކްކުރުން ފަދަ ކަންތައްތަކަކީ މި ކުންފުނިން އަމަލުކުރަމުންދާ ޤަަވައިދުތަކާއި ޢުސޫލުގެ ތެރެއިން މި ވަގުތު ބަލަންޖެހޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް މި ޢުސޫލު މުރާޖާކޮށް، މިހާރު ވަނީ ބަދަލުކުރެވިފައެވެ،” އެމްޕީއެލްގެ ބަޔާނުގައިވެއެވެ.

އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ އެތެރޭގެ ތަހުގީގަށް ރިއާޔަތްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެ ކުންފުނިން މިހާރު ދަނީ ތަންފީޒުކުރަމުން ކަމަށެވެ. އެގޮތުން ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންސްތަކުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތައް މުރާޖާކޮށް، ހަރުދަނާ ކުރުމާއި ހާއްސަ އޮަޕަރޭޝަންސްތަކުގައި ސޭފްޓީގެ މުވައްޒަފުން ބައިވެރިކުރުމާއި ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް މުވައްޒަފުން އިތުރަށް އަހުލުވެރިކުރުމަށް މަސައްކަތްތައް ކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޒުވާނުންގެ ތަމްރީނު ޕްރޮގްރާމްތަކުގެ އެއްބަސްވުން އިތުރު ތިން އަހަރަށް އެމްޕީއެލުން އާކޮށްފި

Muaz

ޒުވާނުންނަށް ތަމްރީނު ދިނުމުގެ އެއްބަސްވުން އާކޮށްފި

MPL

އެމްޕީއެލް ބަނދަރާ ކައިރިން ކޮޅުވެއްޓި ބަންޑުންޖެހި ހާދިސާގެ ތަހުގީގު ފަށައިފި

Big lrp6ga5w1s6wyiuj1o6fxxpup

ކޮޅުވެއްޓި ބަންޑުން ޖަހާލުން: ހާލު ސީރިއަސްވެ ފަރުވާދެމުންދިޔަ ގެމަނަފުށީ އަފްލާޙް ނިޔާވެއްޖެ

TTH_advertisement