ކުއްލި ޚަބަރު

އައްޑޫ ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރަން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި

ފޭދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުމީދޫ އާއި ހިތަދުއާ ގުޅުވާލާ ބްރިޖްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ: ރައީސް

މާލޭ ޕޮލިސްއިން މިދިޔަ މަހު 5 މިލިއަން ރުފިޔާގެ މުދާ ހޯދައިފި

police

މާލޭ ޕޮލިސް ކޮމާންޑުން މިދިޔަ މަހުގެ ތެރޭގައި ގާތްގަނޑަކަށް 5 މިލިއަން ރުފިޔާގެ މުދާތައް ރިކަވާކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަކޮށްފި އެވެ. މި ތަކެތީގެ ތެރެއިން އެންމެ ބޮޑު ބައެއް ކަމަށްވަނީ ގެއްލިގެން ރިޕޯޓްކޮށްފައިވާ ސައިކަލުތަކެވެ. މި ސައިކަލުތަކުގެ އަގު 4.8 މިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުން ބުނެ އެވެ. މާލޭގައި ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވެފައިވާތީ، އެ މައްސަލަތައް ހައްލުކުރުމަށް ފުލުހުން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސައިކަލުތަކުގެ އިތުރުން، ގެއްލިގެން ރިޕޯޓްކޮށްފައިވާ 31 ފޯނާއި 12 އިލެކްޓްރޯނިކް އާލާތް ވެސް ފުލުހުން ހޯދައިދީފައިވެ އެވެ. މި ތަކެތީގެ އަގު 365،000 ރުފިޔާއަށް އަރައެވެ. އަދި ފައިސާ ވަގަށް ނެގުމުގެ 32 މައްސަލައެއްގައި 324،344 ރުފިޔާ ރިކަވާކޮށްދީފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހިތަދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި

990

ސިނގިރޭޓް ކޮންޓެއިނަރުތައް ވަގަށް ނެގުމަށްފަހު އެއްގޮތް ދެ ކޮންޓެއިނަރު ހުރީ ބަހައްޓާފައި: ފުލުހުން

police

ލަންކާއިން އަތުލައިގަތް ބޯޓަށް ޑްރަގު ބަރާކުރީ ރާއްޖޭގެ ސަރަހައްދަކުން ނޫން: ފުލުހުން

ޝަހީދުންގެ ޝަރަފުގައި “ޝަހީދުންގެ ޝަރަފުގައި ދިދަ ވިހުރުވައިލުން”ގެ ނަމުގައި ހާއްސަ ހަރަކާތެއް ބާއްވައިފި

TTH_advertisement